މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ދޫކުރުމާ ބެހޭ

އިޢުލާން

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ދޫކުރުމާ ބެހޭ

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން 15 ފްލެޓް ދޫކުރުމަށްވަނީ ނިންމާފައެވެ. އަދި މި ފްލެޓްތަކަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އިޢުލާން ކުރުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މިފަހަރު މިފްލެޓަށް ޝޯޓްލިސްޓް ވެފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބިފައިވާ 15 ފަރާތުގެ މަޢުލޫމާތު އާންމުކޮށް އިޢުލާން ކުރީމެވެ. މި އިޢުލާން ކުރުމަށްފަހު ކުރިމަތިލެއްވި އެންމެހައި ފަރާތްތަކަށް 15 ދުވަހުގެ މުއްދަތެއް ޝަކުވާ ހުށަހެޅުމަށް ދެވޭނެއެވެ. ޝަކުވާ ހުށަހެޅުމުގެ މަރުޙަލާއަށްފަހު މި ލިސްޓަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި ގެންނާނެ ވާހަކަވެސް އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

ވީމާ، މި ފްލެޓްތަކަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުން ޝަކުވާއެއް ހުށަހަޅުއްވާ ނަމަ، 08 ޖޫން 2014 އިން 23 ޖޫން 2014 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މި މިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ 1 ވަނަ ފަންގިފިލާއަށް) ވަޑައިގެން ޝަކުވާގެ ފޯމު ހުށަހެޅުއްވުން އެދެމެވެ. ޝަކުވާގެ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބި ވަޑައިގަންނަވާނެއެވެ. އަދި، އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3013017 ނަންބަރު ފޯނަށް، މި މިނިސްޓްރީގެ ޑިސެބިލިޓީ ސެކްޝަނާ ގުޅުއްވުން އެދެމެވެ. 

04 ޖޫން 2014
ހޯދާ