މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސާރފް ޝެކެއް ތަރައްޤީކުރުން

މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް މިއިދާރާއިން ދައްކާ ބިމުގައި ސާރފްޝެކެއް އެޅުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖޫން 21ވާ ހޯމަ ދުވަހު 13:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ޖޫން 28ވަނަ ދުވަހުގެ 13:00އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، 13:05ގައި ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ. އަންދާސީ ހިސާބާއެކު ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އިޢުލާނު ނަންބަރު އަދި " ތުލުސްދޫ ސާރފް ޝެކް ތަރައްޤީކުރުން  " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                                                                          

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ޖޫން 2021
ހޯދާ