އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ފެރިދޫ ކުޑަކުދިންގެ ޕާރކުގެ ވަށާފާރުގައި ފެންސް، އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދުން

                                                       ނަންބަރު: A/IUL/344/2021/15

ޢިއުލާން

 

                        އއ. ފެރިދޫ ކުޑަކުދިންގެ ޕާރކުގެ ވަށާފާރުގައި ފެންސް، އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރ: A/IUL/344/2021/9 ( 28 މެއި 2021 ) އިޢުލާނަށް ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބަކީ އެކަށީގެންވާވަރަށްވުރެ ބޮޑު އަންދާސީ ހިސާބެއްކަމަށް މިކައުންސިލުގެ ބިޑް ކޮމިޓީއިން ނިންމަވާފައިވާތީ، އިޢުލާނު ބާޠިލުކޮށް އަލުން އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

                        މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 ޖޫން 2021  ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 ޖޫން  2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 15 ޖޫން 2021 ވާ  އަންގާރަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

29 ޝައްވާލް 1442

10 ޖޫން 2021
ހޯދާ