ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލްގެ އިދާރާއަށް 12 ލެޕްޓޮޕް ވިއްކާނެ ފަރާތެއް ހޯދުމަށް

ނައިފަރު ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ނައިފަރު ކައުންސިލްގެ އިދާރާއަށް 12 ލެޕްޓޮޕް ފޯރުކޮށްދިނުމުގެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ބިޑް ގައި ބައިވެރިވުމާއި ދައްކަންޖެހޭ ފީ

މިއިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް 13 ޖޫން 2021 އިން ފެށިގެން ގޮސް 20 ޖޫން 2021 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުން އީމެއިލް މެދުވެރިކޮށް ލިބެންހުންނާނެއެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 100.00 ރުފިޔާއެވެ.

 

ބިޑް ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން ނައިފަރު ކައުންސިލްގެ އެކައުންޓް (1370 ރެވެނިއު 1) ނަންބަރ: 7705700335001 އަށް ފައިސާ ޖަމާކޮށް ސްލިޕް ކޮޅު އަދި އީމެއިލް އެޑްރެސް 7988627 އަށް ވައިބާ ކުރުމުން ބިޑް ޑޮކިއުމެންޓް އީމެއިލް މެދުވެރިކޮށް ފޮނުވާދެވޭނެއެވެ.

ސްލިޕްކޮޅު ވައިބަރ އިން ފޮނުވާއިރު ބިޑްގައި ރެޖިސްޓްރީ ކުރާނެ ފަރާތުގެ ވިޔަފާރީގެ (ވިފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ) މަޢުލޫމާތު ހިއްސާކުރަންވާނެއެވެ.

މަޢުލޫމާތު ކަރުދާހުގެ ކޮޕީއެއް މިކައުންސިލްގެ ވެބްސައިޓް، ފޭސްބުކް ޕޭޖް އަދި ކޮމިޔުނިޓީ ވައިބަރ ގުރޫޕުން ލިބޭނެއެވެ.

 

ޕްރީބިޑް މީޓިންގ

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. މި ބިޑާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 21 ޖޫން 2021 ވަނަ ދުވަހުގެ 10:00 ގެ ކުރިން 6620068 އަދި 9991199 މިނަންބަރު ތަކާއި ގުޅުއްވައިގެން އަދި  [email protected]  [email protected] މި ދެ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރައްވަމުން ގެންދެވުން އެދެމެވެ.

 

ބިޑް އޯޕަން މީޓިންގް

ބިޑް ހުށަހެޅުމުގެ މީޓިންގ އޮންނާނީ 21 ޖޫން 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގެ މީޓިން ރޫމްގައެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

10 ޖޫން 2021
ހޯދާ