ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 

ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކުރުމުގެ މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑްގައި ބައިވެރިވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ޑޮކިއުމަންޓްސް ދޫކުރުން

މިއިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް 13 ޖޫން 2021 އިން ފެށިގެން ގޮސް 20 ޖޫން 2021 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުން އީމެއިލް މެދުވެރިކޮށް ލިބެންހުންނާނެއެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 100.00 ރުފިޔާއެވެ.

 

ބިޑް ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން ނައިފަރު ކައުންސިލްގެ އެކައުންޓް (1370 ރެވެނިއު 1) ނަންބަރ: 7705700335001 އަށް ފައިސާ ޖަމާކޮށް ސްލިޕް ކޮޅު އަދި އީމެއިލް އެޑްރެސް 7988627 އަށް ވައިބާ ކުރުމުން ބިޑް ޑޮކިއުމެންޓް އީމެއިލް މެދުވެރިކޮށް ފޮނުވާދެވޭނެއެވެ.

ސްލިޕްކޮޅު ވައިބަރ އިން ފޮނުވާއިރު ބިޑްގައި ރެޖިސްޓްރީ ކުރާނެ ފަރާތުގެ ވިޔަފާރީގެ (ވިފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ) މަޢުލޫމާތު ހިއްސާކުރަންވާނެއެވެ.

މަޢުލޫމާތު ކަރުދާހުގެ ކޮޕީއެއް މިކައުންސިލްގެ ވެބްސައިޓް، ފޭސްބުކް ޕޭޖް އަދި ކޮމިޔުނިޓީ ވައިބަރ ގުރޫޕުން ލިބޭނެއެވެ.

 

 

 

ޕްރީބިޑް މީޓިންގ

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ބިޑާއި ގުޅޭ މަޢުލޫމާތުތައް މަޢުލޫމާތު ކަރުދާހުގައި ހިމެނޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެލައްވާނަމަ 21 ޖޫން 2021 ވަނަ ދުވަހުގެ 10:00 ގެ ކުރިން  6620165 އަދި 9991199 މިނަންބަރު ތަކާއި ގުޅުއްވައިގެން އަދި [email protected][email protected] މި ދެ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރައްވަމުން ގެންދެވުން އެދެމެވެ.

 

 

ބިޑް އޯޕަން މީޓިންގ

އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 21 ޖޫން 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގެ މީޓިން ރޫމްގައެވެ. ހުށަހަޅުއްވާ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

10 ޖޫން 2021
ހޯދާ