މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ލޯގޯ ފަރުމާކުރުން

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއްގެ ގޮތުގައި މުޅި ރާއްޖެއަށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި -/ 15,000 (ފަނަރަހާސް) ލިބޭނެއެވެ.

ލޯގޯ ހުށައެޅުން.

  • ފަރުމާކޮށްފައިވާ ލޯގޯ 27 ޖޫން 2021 ވަނަ ދުވަހުގެ 13:00 ކުރިން ހުށައަޅަންވާނެއެވެ.
  • ލޯގޯ އީ-މެއިލް ކުރާއްވާނީ [email protected] އަށެވެ.
  • ލޯގޯ ހުށައަޅާނީ ކުލަ އަދި ބްލެކް އެންޑް ވައިޓް ސޮފްޓްކޮޕީއެވެ. (ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް) ހުށައަޅަންވާނެއެވެ.
  • އެންމެ ގިނަވެގެން ކޮންމެ ބައިވެރިއަކަވެސް ހުށައެޅީނީ 2 ލޯގޯއެވެ.
  • ސޯޓް ލިސްޓް ކުރެވޭ ލޯގޯތައް ޕްރެޒެންޓް ކޮށްދެންވާނެއެވެ.

ލޯގޯ ފަރުމާކުރުމާއި ޝިއާރުކަޑައެޅުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:

1-  މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސައްކަތްތައް ރަމްޒުކޮށްދިނުން.

2-  ދިވެހިންގެ މަސައްކަތް ތެރިކަމާއި ހުނަރު ރަމްޒުކޮށް ދިނުން.

3-  ރަސްމީކޮށް އަދި ނުރަސްމީކޮށް ބޭނުންކުރަމުންގެންދާ ލޯގޯތަކާ ތަފާތުވުން.

4-  ލޯގޯއާއިއެކުގައި ބޭނުންކުރާނެ ޝިއާރު / މޮޓޯ ދިވެހިބަހުންނާއި އިގިރޭސިބަހުން ހިމެނުން.

5-  ކުލަކޮށް، މޮނޮޓޯނަސްކޮށް ވީޑިއޯ މައްޗަށް ސުޕަރއިމްޕޯސް ކުރެވޭގޮތަށް ތައްޔާރުކޮށްފައިވުން. (އެއް ސްކުއަރ ސެންޓިމީޓަރަށް ކުޑަކުރި ކަމުގައިވިޔަސް އޭގެ އަސްލު ނުގެއްލޭނޭ ގޮތަށް ނުވަތަ ވީޑިއޯ ޑިސްޓަރބް ނުވާނެ ގޮތަށް)

6-  ތްރީޑީ (3D) ކޮށް އެނިމޭޓްކުރެވޭނެ ގޮތަށް ހުރުން. (އެނިމޭޓްކޮށްފައިވާ ލޯގޯ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

7-  އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވުން.

ލޯގޯއާއިއެކު ހުށައަޅަން ޖެހޭ މައުލޫމާތު:

1-  ލޯގޯ ހުށައާއިރު ކަވަރ ލެޓަރއެއް ހުށައެޅުން، އަދި ސިޓީގައި އަންނަނިވި ކަންކަން ބަރާންކޮށްފައި ހުރުން.

   1.1-  ހުށައަޅާ ލޯގޯއަކީ އެ ލޯގޯ ފަރުމާކުރި ފަރާތުގެ އަމިއްލަ އުފެއްދުމެއްކަން ނުވަތަ ހިޔާލެއްކަން އަންގައިދިނުމާއި އެކަމަށް އިޤުރާރުވުން.

   1.2-  ހުށައަޅާ ލޯގޯގެ ހުރިހާ އިހުތިޔާރެއް (ކޮޕީރައިޓް) ލިބިގެންދާނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށްކަން ބަޔާންކުރުން.

   1.3-  ލޯގޯ ފަރުމާކުރި ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑްނަންބަރު، އެޑްރެސް އަދި ފޯނު ނަންބަރު ހިމެނުން.

2-  ލޯގޯ ފަރުމާކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ ބެޖެއްގެ މައުލޫމާތާއި އެ ލޯގޯ ނުވަތަ ބެޖެއްގެ ނަކަލެއް ހުށައެޅުން

3-  ލޯގޯގެ ސޮފްޓް ކޮޕީ ޕިކްސެލް ނުވަތަ އެއަށްވުރެ މަތީ ޕިކްސެލް، 150 ޑީޕީއައި ރިޒޮލިއުޝަންގައި ހުށައެޅުން.

4-  ލޯގޯ ޕީ.އެން.ޖީ، އެސް.ވީ.ޖީ އަދި އީ.ޕީ.އެސް ފޯމެޓް ތަކުގެ އޮރިޖިނަލް ފައިލް ހުށައެޅުން.              

 

10 ޖޫން 2021

10 ޖޫން 2021
ހޯދާ