މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ނޯތު ހާބަރުގައި ހުރި އިމާރާތަކުން ހުސްވެފައި ހުރިތަނެއް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ.

                            މާލޭ ނޯތު ހާބަރުގައި ހުރި އިމާރާތަކުން ހުސްވެފައި ހުރިތަނެއް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެ ކުރެވުނު ނަމްބަރު (IUL)113-PD/1/2021/51  އިއުލާނާއި ގުޅިގެން ސުންގަޑި ހަމަވިއިރު އެއްވެސް ފަރާތަކުން އަގު ހުށައަޅާފައިނުވާތީ، އެ ނަމްބަރު އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.

ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ތަނަކީ ޑެކެއް އަޅާފައިވާ ތަނެކެވެ. ތަނުގެ ބޮޑުމިނަކީ (ގްރައުންޑް ފްލޯ އޭރިޔާ 430 އަކަފޫޓް, ޑެކް ފްލޯ އޭރިޔާ 475 އަކަފޫޓް) އެވެ. އަދި ކުއްޔަށް ދޫކުރުމަށް ބިޑް ފެށޭ އަގަކީ 55,000/- ރުފިޔާ އެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

 16 ޖޫން 2021 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 20 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 14:00 އަށް [email protected]

އަށް އީމެއިލް މެދުވެރިކޮށް އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

         

             މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

10 ޖޫން 2021
ހޯދާ