ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތެރިންގެ ދަފުތަރެއް އެކުލަވާލުމާބެހޭ

އިޢްލާން

މަސައްކަތްތެރިންގެ ދަފުތަރެއް އެކުލަވާލުން

            ކިނބިދޫގައި އެސްޓިމޭޓް އުޞޫލުން ތަފާތު އެކިއެކި މަސައްކަތްތައް ކުރައްވާ ބޭފުޅުންގެ ދަފުތަރެއް އެކުލަވާލުމަށް ބޭނުންވެއްޖެއެވެ. މި ދަފުތަރުގައި ނަންނޯޓް ކުރުމަށް ހަމަޖެހިފައިވަނީ ކުންފުނި، ވަޑާންގެ އަދިވެސް އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ވިޔަފާރި ހުއްދަ އާއި ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކެވެ. އަދި މީގެފަހުން މި އިދާރާއިން ކުރާ -/35000 ރުފިޔާ އިން ދަށުގެ މަސައްކަތްތަކަށް އެމަސައްކަތަކާ ގުޅޭ ގޮތުން 3 ފަރާތުގެ އަގު ހޯދަމުން ގެންދާނީވެސް މި ދަފުތަރުގައި ރަޖިސްޓަރީ ކުރި ފަރާތްތަކުން ކަމުގައިވެސް ދެންނެވީމެވެ.

            ވީމާ، މި ދަފުތަރުގައި ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ޖޫންމަހުގެ 17 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން އެފަރާތަކުން ކުރާ މަސައްކަތެއް އެނގޭނެހެން ތަފުޞީލާއެކު ސިޓީއަކުން މި އިދާރާއަށް އެންގެވުން އެދެމެވެ. އަދި އައިޑީ ކާޑުގެ ކޮޕީއަކާއި، ވިފާރި ހުއްދަ ، ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީ ވެސް ސިޓީއާއެކު ހުށަހެޅުއްވަން ވާނެއެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                  29 ސައްވާލް  1442                           

                  10 ޖޫން     2021

10 ޖޫން 2021
ހޯދާ