ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހަށް 4 އަހަރު ދުވަހުގެ މުއްދަތަށް މިއޮފީހަށް ހެވީޑިއުޓީ 2 (ދޭއް) ފޮޓޯކޮޕީ މެޝިން ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުން.

                                                            ނަންބަރު:/2021/34 1/C-196(IUL)

                      އިޢުލާން

މިއޮފީހަށް 4 އަހަރު ދުވަހުގެ މުއްދަތަށް މިއޮފީހަށް ހެވީޑިއުޓީ  2 (ދޭއް) ފޮޓޯކޮޕީ މެޝިން  ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)196-C/1/2021/32 (23 މެއި 2021) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަމުގައި ރަޖިސްޓްރީވެފައި ނުވާތީ، އަލުން މިއޮފީހަށް 4 އަހަރު ދުވަހުގެ މުއްދަތަށް ހެވީޑިއުޓީ  2 (ދޭއް) ފޮޓޯކޮޕީ މެޝިން  ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް 2021 ޖޫން 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމަށް ފަހު، ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބީލަމުގައި ރަޖިސްޓްރީ ވުމަށް ހުށަހެޅި ފަރާތުގެ ނަން:

މާޤާމް:

އީމެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. މެއިލް ކުރެއްވުމަށްފަހު ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާކަން ކަށަވަރުކުރުމަށް، މެއިލް މިއޮފީހަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ އަމިއްލަ ޒިންމާއެކެވެ.

 

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން: 2021 ޖޫން 24 ވާ ބުރާސްތަފި ދުވަހުގެ 11:00 ގައި މިއޮފީހުގައެވެ.

ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

                    

                                     28 ޝައުބާން 1442

10 ޖޫން 2021
ހޯދާ