އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021 - ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު

 (IUL)38-CA/38/2021/617 :ނަންބަރު

 

އިޢުލާން

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021

 

ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު

 

12 ޖޫން 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021 ގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ

ވޯޓު ކަރުދާސްތައް ޗާޕުކޮށްފީމެވެ. މި ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ މި ކޮމިޝަނުގެ ޕަބްލިކޭޝަން އެންޑް އާކައިވް ސެކްޝަނުންނެވެ.

 

ޗާޕްކުރި ވޯޓުކަރުދާހުގެ ތަފްޞީލް

#

ތަފްޞީލް

ޗާޕްކުރި އަދަދު

1

ލޯކަލް ގަވަރމަންޓް އޮތޯރިޓީ ބޯޑުގެ ސިޓީ ކައުންސިލަރުންގެ މެންބަރު

46

2

ލޯކަލް ގަވަރމަންޓް އޮތޯރިޓީ ބޯޑުގެ ރަށު ކައުންސިލަރުންގެ މެންބަރު

918

ޖުމްލަ

964

 

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

 

27 ޝައްވާލް 1442

 

09 ޖޫން 2021
ހޯދާ