މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ފުޅަދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

ނަންބަރ: 323/323/2021/13                                                      

އިިޢުލާން

 

ބ. ފުޅަދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން.

 

                    މިކައުންސިލުންދޭ  މަޢުލޫމާތާއި އެއްގޮތަށް ބ. ފުޅަދޫ ލޭންޑްޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށްދާނީ އޮންލައިން ކޮށެވެ.  މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަށެވެ.  މިބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުން 14 ޖޫން 2021 ވަނަ ދުވަހުގެ 13:00 ގެކުރިން، ނަން، އައިޑީކާޑް ނަންބަރ، އީމެއިލް އެޑްރެސް، ގުޅޭނެ ނަންބަރ މެއިލްކޮށްދެއްވުން އެދެމެވެ.

 

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށައެޅުން

16 ޖޫން 2021 ވާ ބުދަަ ދުވަހުގެ 13:00 ގައި ބޭއްވޭ އޮންލައިން މީޓިންގައި

29 ޖޫން 2021 ވާ އަންގާރަަ ދުވަހުގެ 13:00 ގައި ބޭއްވޭ އޮންލައިން މީޓިންގައި

               މަޢުލޫމާތު ސާފުކުރެއްވުމަށް، ޝައުޤުވެރިވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި/ ވިޔަފާރި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.

               އަދި ދަންނަވަމެވެ. މިފަދަ ލިއުމެއްނެތި  މަޢުލޫމާތު ސާފުކުރައްވަން ހުށަހަޅުއްވާ  ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްވާހަކަ ދެންނެވީމެވެ.

               ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.   އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެންނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

        މިބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު  18/2014(ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއ،ި ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.   

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

07 ޖޫން 2021
ހޯދާ