ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރާއި މަގުގޯޅިތަކުގައި ޖަހާފައި ހުރި ބައްތިތައް ދިއްލާ، ނިއްވާ، މަރާމާތުކޮށް ބެލެހެއްޓުމާއި އަދި ހޯރަފުށީ ބަނދަރު ބެލަހެއްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ

ބަނދަރާއި މަގުގޯޅިތަކުގައި ޖަހާފައި ހުރި ބައްތިތައް ދިއްލާ، ނިއްވާ، މަރާމާތުކޮށް ބެލެހެއްޓުމާއި އަދި ހޯރަފުށީ ބަނދަރު ބެލަހެއްޓުން ކައުންސިލުން އަންގާގޮތެއްގެ މަތީން އައުޓްސޯސްކޮށްގެން ބަޔަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލްގެ 59/2021 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމަވާފައެވެ.

                 ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

09 ޖޫން 2021

ބުދަ

11:00 (ހެނދުނު)

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން

14 ޖޫން 2021

ހޯމް

11:00 (ހެނދުނު)

                            މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، މިކަމަށް އެދިވަޑައިގަންނަވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވަންވާނެއެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް  އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                     މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 25 ޝައްވާލް 1442

                 06   ޖޫން  2021

06 ޖޫން 2021
ހޯދާ