އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވިއަން ސީޕްލޭން ޓަރމިނަލްގައި ކެފޭއެއް ހިންގުމާއިއެކު ހުވަނދުމާ ލައުންޖަށް ކޭޓެރިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މި ކުންފުނީގެ ފަރާތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހިންގާ ސީޕްލޭން ޓާރމިނަލް މެއިން އޭރިޔާގައި ކެފޭއެއް ހިންގުމާއިއެކު ހުވަނދުމާ ލައުންޖަށް ކޭޓެރިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ކުންފުނީގެ އީމެއިލް [email protected] އަދި [email protected] އަށް މެއިލް ކުރައްވައިގެން ޝައުގުވެރިކަން ފާޅު ކުރެއްވުން އެދެމެވެ. ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.

އިސްވެ ދެންނެވުނު ސުންގަޑީގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން ޝައުގުވެރިކަން ފާޅު ނުކުރައްވާ ފަރާތްތަކަށް މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ. ބިޑްއާއި ގުޅޭ މައުލޫމާތު މި އިއުލާނުގައި ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެދޭ ބޭފުޅުން، އިސްވެ ދެންނެވުނު އީމެއިލް އެޑްރެސްއަށް އީމެއިލް ފޮނުއްވައިގެން، ނުވަތަ މި ކުންފުނީގެ ނަންބަރު 3331230، 3024763 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

06 ޖޫން 2021
ހޯދާ