މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެތެރޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ އަދި ގާއަޅާ ތަންތަން ފަދަ ސިނާޢީ މަސައްކަތް ކުރާ ތަންތަނާ ގުޅޭ.

މާލެތެރޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ އަދި ގާއަޅާ ތަންތަން ފަދަ ސިނާޢީ މަސައްކަތް ކުރާ ތަންތަން އެކަމަށް ހާއްސަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސަރުކާރަށް ދެންނެވުމަށްޓަކައި، އެ ތަންތަނާބެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. މިމަސައްކަތުގައި ވީހާ ފުޅާ ދާއިރާއެއްގައި މައުލޫމާތު އެއްކޮށް މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާތީ، ކަމާބެހޭ މައުލުމާތު ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށްޓަކައި މިހާރުވަނީ ޕޯޓަލްއެއް ކައުންސިލްގެ ވެބްސަޓްގައި ހުޅުވާލެވިފައެވެ. މިޕޯޓަލް ހުޅުވާފައިވަނީ މިކައުންސިލްގެ ވެބްސައިޓް (https://malecity.gov.mv/)ގައެވެ.

           ވީމާ މާލެ ސިޓީގެ މާލޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ، ގާއަޅާތަންތަން ފަދަ ސިނާއީ މަސައްކަތް ކުރާތަންތަނުގެ މައުލޫމާތު 2021 ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިޕޯޓަލް މެދުވެރިކޮށް މިކައުންސިލަށް ފޯރުކޮށްދެއްވުން އެދި އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

            ކައުންސިލުން މަޢުލޫމާތު ނެގުމުގެ މަސައްކަތް ކުރަމުންދާތީ، މުވައްޒަފުން ގޮސްގެން މައުލޫމާތު ނަގާ ތަންތަނުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ނުޖެހޭނެކަމުގައިވެސް ދެންނެވީމެވެ.

05 ޖޫން 2021
ހޯދާ