މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް

ވަޒީފާގެ ފުރުޞަތު

ކޮވިޑް-19 އަށް ފައްސިވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ބަލިމީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ ފަރާތްތަކަށް ނަރސިންގ ކެއަރ ދިނުމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުން ބޭނުންވެއެވެ.

މަޤާމު

ރެޖިސްޓަރޑް ނަރސް

މަޤާމުގެ ގިންތި

ވަގުތީ

ބޭނުންވާ އަދަދު

09 (ދިހައެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ނާރސިންގް ޕްރޮފެޝަނަލް

މަޤާމް އޮތް އޮފީސް

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ

މުސާރަ

ގަޑި އިރަކަށް 61.26 ރ

މަސައްކަތު ވަގުތު

ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން

މަޤާމުގެ ޝަރުތު

ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ބަލިމީހުންގެގާތައް ޒިޔާރަތްކޮށް ފަރުވާދޭންޖެހޭ ހާލަތްތަކުގައި ނާރސިން ކެއަރ ދިނުން.
  2. ކޮވިޑް 19 އާއި ގުޅިގެން ކަރަންޓީން ކޮއްފައިވާ ފަރާތްތަކުގެ ތެރެއިން ދާނުގައި ތިބޭ ބަލިމީހުންގެ ގާތަށް ޒިޔާރަތްކޮށް އެފަރާތްތަކަށް ނާރސިން ކެއަރ ދިނުން.
  3. ކޮވިޑް 19 އާއި ގުޅިގެން ކަރަންޓީން ކޮއްފައިވާ ފަރާތްތަކާއި، ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ފަރާތްތަކުގެ ކޮވިޑް ސާންޕަލް އަދި ބްލަޑް ސާންޕަލް ނެގުން.
  4. ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ފަރާތްތަކުގެ އަދި ކޮވިޑް 1 އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނާރސިން ކެއަރ ދިނުމަށްފަހު ރެކޯޑްސް ބެލެހެއްޓުން.
  5. ކޮވިޑް 19 އާއި ގުޅިގެން ކަރަންޓީން ކޮއްފައިވާ ފަރާތްތަކާއި، ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ފަރާތްތަކުގެ ކޮވިޑް ސާންޕަލް އަދި ބްލަޑް ސާންޕަލް ނެގުމަށްފަހު ލެބްތަކަށް ސާންޕަލް ޓްރާންސްފާކުރުން.
  6. ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ފަރާތްތަކުގެ ތެރެއިން ފެސލިޓީތަކަށް ޓްރާންސްފަރ ކުރަންޖެހޭ ބަލިމީހުން ޓްރާންސްފަރ ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެގޭފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސެންސް.
  3. ލިބިފައިވާ ތަޢުލީމީ ސެތްފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރުމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމުގެ ކޮޕީއާއި ޓްރާސްކްރިޕްޓްގެ ކޮޕީ.

   4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   5. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 17 ޖޫން 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރާނީ [email protected]   އަށެވެ.

 

05 ޖޫން 2021
ހޯދާ