މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ރޯމަސް މާރުކޭޓުގައި މަސްވިއްކަން އެދޭ ފަރާތް ތަކަށް ފުރުސަތު ހުޅުވާލުމާ ގުޅޭ.

މާލެ ރޯމަސްމާރުކޭޓްގައި މަސްވިއްކަން އެދޭފަރާތްތަކުން އެކަމަށް އެދި ރަޖިސްޓަރީ ވުމަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލަމެވެ.

             މިކަމަށް އެދޭފަރާތްތަކުން ހުށަހަޅުއްވާ ސިޓީއާއި އެކު އެފަރާތުން މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ އާއި، މަސްވިއްކަން އެދޭފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

             ސިޓީ ބަލައިގަންނާނީ މިއަދުން ފެށިގެން  ( ހުކުރު ދުވަސް ފިޔަވައި ) ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 ށް މާލޭ ސިޓީކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭބަޔާއި، ދަތުރުވެރިންގެ މާރުކޭޓް އޮފީހަށެވެ. އަދި މެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މެއިލް ކުރައްވާނީ ) [email protected] ) މެއިލް އަށެވެ. ސިޓީބަލައި ގަތުމުގެ އެންމެ ފަހު ތާރީޚް އަކީ 2021 ޖޫން 10 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.  

            ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

04 ޖޫން 2021
ހޯދާ