ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއާއި، ޅ. އަތޮޅު ސްޓޭޓް ހައުސްގެ ސެކިއުރިޓީ ބަލެހެއްޓުމަށް ސެކިއުރިޓީ އޮފިސަރުން ހޯދުން

މަޤާމް :ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު :3

ބޭނުންވާ ޢަދަދު

03 (ތިނެއް)

މަސައްކަތުގެ ވަގުތު

  • ހަފްތާއަކު 30 ގަޑިއިރު ޑިއުޓީ އަދާކުރަން ޖެހޭނެއެވެ.
  • އާއްމުކޮށް ޑިއުޓީ އަދާކުރަންޖެހޭނީ ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށެވެ.
  • ހަފްތާއަކު މަދުވެގެން 2 ރޭ ޑިއުޓީކުރަން ނުޖެހޭގޮތަށް ހަމަޖައްސައި ދެވޭނެއެވެ.
  • ހަވީރު 5:00 ން 6:00 އަށް ބައެއް ދުވަސްދުވަހު ޑިއުޓީއަށް ނުކުންނަން ޖެހޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަދި ޅ. އަތޮޅު ސްޓޭޓް ހައުސް

ކުރަންޖެހޭ މަސައްކަތް

ސެކިއުރިޓީ ބެލެހެއްޓުން ، ގަސްތަކަށް ފެންދިނުން، ގޯތިތެރެ ކުނިކެހުން.

ކޮންޓްރެކްޓް މުއްދަތު

01 އަހަރު (އެއްއަހަރު ވުމުން، މަސައްކަތް ކޮށްފައިވާގޮތަށް ރިޢާޔަތްކޮށް ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ކައުންސިލްއިން ނިންމަވައިފިނަމަ، މުއްދަތު އިތުރުކޮށްދެވޭނެއެވެ.

އުޖޫރަ

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް-/35ރ. (ގާތްގަނޑަކަށްކޮންމެ މަހަކު 22 ދުވަސް، ދުވާލަކު 7 ގަޑި)

ޝަރުޠުތައް

1. ޢުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ މީހަކަށްވުން.

2. މޯބައިލް ފޯން ގެންގުޅޭ ފޯނު ބޭނުންކުރަން ދަންނަ މީހަކަށްވުން.

3. އިނގިރޭސި ކިޔަން އެނގުން / ތާނަ ލިޔެ ކިޔާން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1. އެޕްލިކޭޝަން ހުށަހަޅާ ފޯމް (އެޕްލިކޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެ)

2.ޝަރުޠު ހަމަވާކަން، ނުވަތަ ޤާބިލްކަން ސާބިތުކޮށްދޭ ލިޔުންތައް

3. ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

ކޮންޓްރެކްޓް އެވޯރޑް ކުރުމުގައި ބަލާނެ ކަންކަން

1. ޢުމުރު

25%

(ހުށަހެޅިމީހާގެ ޢުމުރު/ އެންމެ ހަގުމީހާގެ ޢުމުރު) × 25

2. ހުނަރު

25%

(ޑްރައިވިންގ ލައިސަންސް އޮތުން)

3.ފޯނަށް ފަރިތަވުން

25%

(އެސް.އެމް.އެސް ކުރަންއެނގުން/ ކޮންޓެކްޓް ހޯދަން އެނގުން

4. އިންޓަރވިއު

25%

(ޢާއްމު މަޢުލޫމާތާއި މުޢާމަލާތުކުރުމުގެ ހުނަރު)

5. ޖުމްލަ

0

(ކޮންޓްރެކްޓް ލިބޭނީ އެންމެމަތިން ޕޮއިންޓްލިބޭ 3 ފަރާތަށެވެ.)  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  10 ޖޫން 2021 ދުވަހުގެ 12:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއަށެވެ.

 

އިންޓަރވިޔު އޮންނާނެ ތަނާއި، މުއްދަތު:

މީހުން ހޮވުމަށް ބޭއްވޭ އިންޓަވިޔު އޮންނާނީ  13  ޖޫން 2021 އާއި  24  ޖޫން 2021 އާ ދެމެދު ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ، 6620331 ނުވަތަ 6620118 އަށެވެ.

އީމެއިލް ކުރައްވާނީ، [email protected]  އަށެވެ.

 
03 ޖޫން 2021
ހޯދާ