ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ފްރަންޓް-އެންޑް ޑިވެލޮޕަރ

މި ޑިޕާޓްމަންޓުގެ ނަންބަރު: 198A/2021/100 (17 މޭ 2021) އިޢުލާނުން މި ޑިޕާޓްމަންޓްގެ "ފްރަންޓް-އެންޑް ޑިވެލޮޕަރ" މަޤާމަށް މީހުން ހޯދުމަށް ފުރުޞަތު ހުޅުވާލުމުން އެ މަޤާމަށް އެކަށީގެންވާ މިންވަރަށް ޤާބިލު ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ، އެ މަޤާމަށް މީހުން ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. އަދި ބުނެވިދިޔަ އިޢުލާނާ ގުލިގެން ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅުއްވަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.

 

      ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2021/108

ތާރީޚް:  02 ޖޫން 2021

މަޤާމު

ފްރަންޓް-އެންޑް ޑިވެލޮޕަރ

ރޭންކް: އެމް.އެސް 1

ޢަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

 -/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: -/2,805 (އަސާސީ މުސާރައިގެ %50 )
  • ސަރވިސް އެލަވަންސް: -/2,000
  •  ލިވިންގ އެލަވަންސް: -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޝަރުޢީދާއިރާގެ ބޭނުމަށް ތައްޔާރުކުރަންޖެހޭ ތަފާތު ސޮފްޓްވެއަރތަކުގެ ފްރަންޓް އެންޑް ޑިޒައިންކޮށް ޑިވެލޮޕްކުރުން.
  • ޝަރުޢީދާއިރާގެ ކޯޓުތަކާއި، އިދާރާތަކުގައި މިހާރު ބޭނުންކުރެވެމުންދާ ސޮފްޓްވެއަރތަކާއި، އެޕްލިކޭޝަންތަކުގެ ފްރަންޓް އެންޑް އަށް، ޒަމާނާ އެއްގޮތަށް، ގެންނަން ޖެހޭ ބަދަލުތައް ހުށަހެޅުމާއި އަދި ސޮފްޓްވެއަރ ޓީމުގެ މަޝްވަރާގެ މަތިން އެބަދަލުތައް ގެނައުން.
  • ޝަރުޢީދާއިރާގެ ސޮފްޓްވެއަރތަކަށް ދިމާވާ UI/UX މައްސަލަތައް ހައްލުކުރުމާއި، އިތުރަށް ރަނގަޅު ކުރުމަށްޓަކައި ދިރާސާ ކުރުމާއި އަދި މިދިރާސާތަކުގެ އަލީގައި މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން މަސައްކަތް ކުރުން.

މަޤާމަށް ބޭނުންވާ ޚާއްޞަ ހުނަރުތައް

Mathematical aptitude* 

Problem-solving skills* 

Excellent organizational and time management skil* 

Accuracy and attention to detail* 

An understanding of the latest trends and UI technologie* 

Teamwork skills* 

Self-development skills to keep up to date with* 

fast-changing trends

ތަޢުލީމީ ރޮނގު

  • އިންފޮމޭޝަން ޓެކްނޮލޮޖީ

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އިންފޮމޭޝަން ޓެކްނޮލޮޖީ / ސޮފްޓްވެއަރ ޑިވެލޮޕްމަންޓް / ޕްރޮގްރާމިންގ

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

 2021 ޖޫން 10 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ  ކުރިން  [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ މަޢުލޫމާތު ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ·       މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • Angular, Tailwind CSS އެނގޭ ފަރާތަކަށްވުން.
  • API ކޮމަން ކޮންސެޕްޓްތަކާއި ސްޓޭންޑާޑްތަކަށް އަހުލުވެރިވުން.
  • Git އަށް އަހުލުވެރިވުން.
02 ޖޫން 2021
ހޯދާ