ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ އިންޓީރިއަރ ސެޓަޕް ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް ހަދާދޭނެ ފަރާތެއް ހޯދުމަށް - (4 ވަނަ ފަހަރަށް ކުރެވޭ އިޢުލާން)

ނައިފަރު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ އިންޓީރިއަރ ސެޓަޕް ހަދާދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި އިޢުލާނު ނަންބަރު: (IUL)327-C/327/2021/267 ގައިވާ ބިޑަށް އެއްވެސް ފަރާތަކުން ކުރިމަތި ލައިފައި ނުވާތީ ބިޑް ބާތިލްކޮށް އަލުން މި ފުރުސަތު ހުޅުވައިލާ އިޢުލާނު ކުރީމެވެ.

ވީމާ ނައިފަރު ކައުންސިލް އިދާރާއިން މިއިޢުލާނާއި އެކު ޢާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ އިންޓީރިއަރ ސެޓަޕް ހެދުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއިން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ބިޑް ހުށައެޅުއްވުން އެދެމެވެ.

ބިޑް ޑޮކިއުމަންޓްސް ދޫކުރުން

މިއިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް، 03 ޖޫން 2021 ވަނަ ދުވަހުން ފެށިގެން 10 ޖޫން 2021 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ 09:00 ން 12:00 އަށް ނައިފަރު ކައުންސިލް އިދާރާ އިން ލިބެންހުންނާނެއެވެ. ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް ހޯދުމަށް 7790661 އަށް ގުޅުއްވައިގެން ކުރިޔަށް ގެންދިއުން އެދެމެވެ.

 

ޕްރީބިޑް މީޓިންގ

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ބިޑާއި ގުޅޭ މަޢުލޫމާތުތައް މަޢުލޫމާތު ކަރުދާހުގައި ހިމެނޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެލައްވާނަމަ 7790661 ށް ނުވަތަ 9991199 ގުޅުއްވުން އެދެމެވެ.

 

ބިޑް އޯޕަން މީޓިންގ

އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 13 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގެ މީޓިން ރޫމްގައެވެ. ހުށަހަޅުއްވާ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

02 ޖޫން 2021
ހޯދާ