ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޮމިއުނިކޭޝަން އޮފިސަރ

މި ޑިޕާޓްމަންޓުގެ ނަންބަރު: 198A/2021/81 (04 އޭޕްރިލް 2021) އިޢުލާނުން މި ޑިޕާޓްމަންޓްގެ "ކޮމިއުނިކޭޝަން އޮފިސަރ" މަޤާމަށް މީހަކު ހޯދުމަށް ފުރުޞަތު ހުޅުވާލުމުން އެ މަޤާމަށް އެކަށީގެންވާ މިންވަރަށް ޤާބިލު ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ، އެ މަޤާމަށް މީހުން ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

      ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2021/107 

ތާރީޚް:  02 ޖޫން 2021

މަޤާމު

ކޮމިއުނިކޭޝަން އޮފިސަރ

ރޭންކް: އެމް.އެސް. 1

ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

 -/5610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: -/2,805 (މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/2,000
  • ލިވިންގ އެލަވަންސް: -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

 

  • ޝަރުޢީ ދާއިރާގެ މައިގަނޑު އަމާޒުތަކާއި، ލަނޑުދަނޑިތަކާއި، ޙާޞިލްކުރަން ބޭނުންވާ ނަތީޖާތައް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޢާންމުންނަށް ފޯރުކޮށްދެވޭނެ ގޮތަކަށް ކޮންޓެންޓް ޑިވެލޮޕްކުރުމާއި، ޓާގެޓް އޯޑިއަންސްތައް ދަނެގަނެ އެފަދަ ފަރާތްތަކަށް ޕްރޮފެޝަންލް ގޮތެއްގައި މެސެޖްތައް ފޯރުކޮށްދިނުން.
  • ޑީޖޭއޭގެ ވެބްސައިޓާއި، ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޝަރުއީދާއިރާއާއި ގުޅޭ މަޢުލޫމާތު ޢާންމުކުރުމަށް ތައްޔާރުކުރަންޖެހޭ ކޮންޓެންޓް ޑިވެލޮޕްކޮށް، އެ މަޢުލޫމާތު ޢާންމުންނަށް ފަސޭހައިން ލިބޭނެ ގޮތަކަށް މީސް މީޑިޔާއާއި އެނޫންވެސް ވަޞީލަތްތައް މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށް ދިނުން.
  • ޝަރުއީ ދާއިރާއާއި މެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް  ސޯޝަލް މީޑިއާގެ ޗެނަލްސްތަކާއި އެނޫންވެސް ވަޞީލަތްތައް ބޭނުންކޮށްގެން ދާއިރާއާއި ގުޅުންހުރި ފުރިހަމަ  މަޢުލޫމާތު ފޯރުކޮށްދިނުމަށް ކެމްޕޭންތައް ކުރިއަށް ގެންދިއުން.
  • ޑީޖޭއޭގެ ވެބްސައިޓާއި، ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެފަދަ ވަސީލަތްތައް މެދުވެރިކޮށް ޑީޖޭއޭއިން އާއްމުކުރަންޖެހޭ މަޢުލޫމާތުތައް ދުވަހުން ދުވަހަށް އާއްމުކުރުން.
  • ޝަރުއީ ދާއިރާއިން މީޑިއާއަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި އެފަރާތްތަކާއި ޕްރޮފެޝަނަލްކަމާއެކު މުޢާމަލާތްކުރުން.
  • މީޑީއާގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ޕްރޮފެޝަނަލް ގުޅުންތައް ދެމެހެއްޓުން.
  • ޝަރުޢީ ދާއިރާއާއި ގުޅުންހުރި ޚަބަރުތަކާއި، ނޫސްބަޔާންތައް ތައްޔާރުކޮށް އާންމުކުރުން.
  • ޝަރުޢީދާއިރާގެ ފަރާތުން ބާއްވާ އެކި އިވެންޓުތަކަށް ތައްޔާރުކުރަންޖެހޭ ގްރެފިކްސް އަދި ވީޑިއޯ ތައްޔާރުކުރުން.
  • ޝަރުޢީ ދާއިރާއިން ތައްޔާރުކުރަންޖެހޭ އެކިއެކި ކޮމިއުނިކޭޝަންސް މެޓީރިއަލްސް ތައްޔާރުކުރުން.
  • ޑީޖޭއޭގެ މަސައްކަތަށް ބޭނުންވާ މަލްޓިމީޑިއާ އާއި ގުޅުން ހުރި އެންމެހާ މަސައްކަތް ކުރުން (ވީޑިއޯ އެޑިޓިން އަދި ގްރެފިކްސް ޑިޒައިން).
  • ޑީޖޭއޭއިން ބާއްވާ އެކި އެކި އިވެންޓުތަކާއި އެކި އެކި ހަރަކާތްތަކުގެ އަދި އޮފީހުގެ މުހިންމު ބައްދަލުވުން ތަކުގެ ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމާއި، އަދި އެތަކެތި ޤަވާޢިދުން ޑިޖިޓަލީ އާކައިވް ކުރަމުން ގެންދިއުން.   
  • ޝަރުއީދާއިރާގެ ވަޒީފާތަކަށް މީހުން ޝައުޤުވެރިކަން އުފެއްދުމަށާއި، އަދި ވަޒީފާގައި ދެމިތިބުމަށް ހިތްވަރު ލިބޭނެ ގޮތަކަށް މިދާއިރާގެ ބްރޭންޑް އިމޭޖް ޕްރޮމޯޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރުން.
  • މީސް މީޑިއާއާއި އެނޫން ވަޞީލަތްތަކުގައި ޝަރުއީދާއިރާ އާއި ގުޅޭ މަޢުލޫމާތު ފީޗަރ ކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ފުރުޞަތުތައް ހޯދުން.
  • ޑީޖޭއޭގެ މުވައްޒަފުންނަށް ޚާއްސަ މަޖައްލާ، ނުވަތަ މެގަޒިންފަދަ ލިޔުންތައް ޤަވާއިދުން ތައްޔާރުކޮށް މުވައްޒަފުންނަށް ފޯރުކޮށްދިނުން.
  • މާކެޓިންގ ސްޓްރެޓެޖީސްތަކާއި، ޓެކްޓިކްސްތައް ބޭނުންކޮށްގެން ދާއިރާގެ ސޯޝަލް މީޑިއާ އެކައުންޓްސްތަކާއި، ވެބްސްއިޓް ޕްރޮމޯޓްކޮށް، މި ވަޞީލަތްތައް ބޭނުންކުރަމުންދާ އޯޑިއެންސް ފުޅާކުރުމަށް މަސައްކަތް ކުރުމާއި، އަދި އޯޑިއެންސްގެ ޝައުޤުވެރިކަން ލިބޭނެ ގޮތަކަށް ކޮންޓެންޓް ތައްޔާރުކޮށް ޝެއަރ ކުރަމުން ގެންދިއުމާއި، އަދި ސޯޝަލް މީޑިއާ އެންގޭޖްމަންޓް މޮނިޓަރކުރަމުން ގެންދިއުން.

ތަޢުލީމީ ރޮނގު

  • ކޮމިއުނިކޭޝަން، ޕަބްލިކް ރިލޭޝަންސް، މަލްޓިމީޑިއާ ، މާކެޓިންގ ، ޖަރނަލިޒަމް

މަޤާމަށް ބޭނުންވާ ޚާއްސަ ހުނަރު

  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރަން އެނގުން.
  • ޚަބަރު އަދި ނޫސް ބަޔާންފަދަ ލިޔުންތައް އިނގިރޭސިބަހާއި، ދިވެހިބަހުން ތައްޔާރުކުރުމުގެ ތަޖުރިބާ ހުރުން.
  • ގްރެފިކްސް ޑިޒައިން އަދި ވީޑިއޯ އެޑިޓް ކުރުމުގެ ހުނަރު.
  • މަލްޓިސްޓޭކް ހޯލްޑަރުންނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ޑިޖިޓަލް މާކެޓިންގް ޓެކްޓިކްސް ގެ ނޮލެޖް ހުރުން.
  • ކޮމިއުނިކޭޝަން، ޕަބްލިކް ރިލޭޝަންސް އަދި ޑިޖިޓަލް ކޮމިއުނިކޭޝަން ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހުރުން
  • ވެބް ބޭސްޑް މެނޭޖްމެންޓް ސިސްޓަމް ބޭނުންކުރަން އެނގުން.  

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.
  10. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން. 

ސުންގަޑި

2021 ޖޫން 10 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ މައުލޫމާތު ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ·       މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340857, 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • އެޑޯބް ޕޮޓޯޝޮޕް ބޭނުންކުރަން އެނގުން.
  • ވީޑިއޯ  އަދި ސައުންޑް އެޑިޓިންގ ސޮފްޓްވެއަރ ބޭނުން ކުރަން އެނގުން.
  • ވެކްޓަރ ގްރެފިކްސް ތައްޔާރުކުރަން އެނގުން.
  • ޓީމް ވޯކް ސްކިލްސް.
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރަން އެނގުމާއި ލިޔުންތެރި ކަމުގެ ހުނަރު ހުރުން.
  • ސޯޝަލް މީޑިއާ ޓޫލްސް އަދި ސޯޝަލް މީޑިއާ ކެމްޕެއިން މެނޭޖްމަންޓް ޓޫލްސް ގެ މަޢުލޫމާތު އަދި ތަޖުރިބާ ހުރުން
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
02 ޖޫން 2021
ހޯދާ