މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ތުލުސްދޫ ފެރީ ތަރިކަ 2ކަށް ކެޕްޓަނެއްގެ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.  

މަގާމު

ކެޕްޓަން

ގިންތި

ދާއިމީ

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަ

-/4100 ރުފިޔާ

އެލަވަންސް

ސަރވިސް އެލަވަންސް -/1200 ރުފިޔާ

ހަމަޖެހިފައި އުޞޫލުން ދަތުރު އެލަވަންސް، ކޮއްތު އެލަވަންސް އަދި އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ ފައިސާ ދެވޭނެއެވެ. 

ވަޒީފާ އަދާކުރަންޖެހޭ ރަށް

ކ.ތުލުސްދޫ

ޝަރުތު

1-      މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން

2-      ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.

3-      ކަނޑު ދަތުރުފަތުރާއި ގުޅުންހުރި ޤާނޫނާއި ޤަވައިދުތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

4-      ފުރާދުއްވާ އުޅަނދުފަހަރުގެ ސެކިއުރިޓީ އަދި ސޭފްޓީއަށް އަޙްލުވެރިފަރާތެއްކަމުގައިވުން.

5-      އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

6-      ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

7-      ގިނަވަގުތު މަސައްކަތްކުރެވޭނެ އަދި ރަށުންބޭރުގައި މަސައްކަތްކުރެވޭނެ ފަދަ މީހެއްކަމުގައިވުން.

8-      މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1-      ކައުންސިލުން ޝެޑިއުލްކޮށް ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުމާއި، ބަޔަކު ކުއްޔަށް ދޯނިނަގައިފިނަމަ، އެދަތުރެއް ކުރުން.

2-      އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި މަރާމާތުކުރުމުގެ ކުރިން އުޅަނދަށް ލިބިފައިވާ ގެއްލުން ރިޕޯޓްކުރުމާއި އަދި މަރާމާތައް ބޭނުންވާ ހުއްދަ ހޯދައި އަދި މިފަދަ މަސައްކަތްތައް ކެޕްޓަނުގެ ލަފާގެމަތިން ކުރުން.

3-      ދަތުރުމަތީގަޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް އުޅަނދު ސާފުކޮށް ބެހެއްޓުން.

4-      ދަތުރުފަތުރު ކުރުމުގަޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދަށް ލިބޭ ގެއްލުންތައް ބެލުމާއި އަދި އެކަންތައްތައް އުޅަނދުގެ ކެޕްޓަނަށް ރިޕޯޓްކުރުން.

5-      އުޅަނދަށް ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް ހޯދުމުގައްޔާއި އަދި އުޅަނދުގެ ސްޓޮކް ބެލެހެއްޓުމުގައި ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

6-      އުޅަނދުގައި ހުންނަން ލާޒިމްކުރާ ސޭފްޓީ އަދި ސެކިއުރިޓީ ވަސީލަތްތައް، ދަތުރުގެކުރިން ހަމަޔަށް ހުރިތޯ ޔަގީންކޮށް މައްސަލައެއް އުޅޭނަމަ، ކެޕްޓަނަށް ރިޕޯޓްކުރުން.

7-       ރާއްޖޭގައި ހެދިފައިވާ ކަނޑުމަތީ އުޅަނދުފަހަރު ދުއްވުމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވައިދުތަކަށް އިޙްތިރާމްކޮށް ޢަމަލުކުރުން.

8- ސުޕަވައިޒަރު އަންގަވާ ގޮތުގެ މަތިން ރަސްމީ ގަޑި ނޫން ގަޑިތަކުގައި މަސައްކަތްކުރަންޖެހޭ   ޙާލަތްތަކުގައި އޮންނަ އުޞޫލުން މަސައްކަތްކުރުން.

9-      ކައުންސިލުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

 • މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ
 • އިންޓަވިއު

ހުށަހަޅަން ޖެހޭތަކެތި

 • ވަޒީފާއެދި ހުށައަޅާ ފޯމް (މިކައުންސިލުން ލިބެންހުންނާނެ)
 • ވަޒީފާއަށްއެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
 • ކަނޑު އުޅަނދު ދުއްވުމުގެ ލައިސެންސްގެ ކޮޕީ
 • ޕޮލިސް ރިޕޯޓް (ދޫކުރިފަހުން 03މަސް ހަމަނުވާ)
 • މަސައްކަތު ތަޖުރިބާ ދެނެގަނެ މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން.
 • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ހުށަހަޅުއްވާނެ ތަން.

 • 2021 ޖޫން 10 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ތުލުސްދޫ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިންޓަރވިއު

 • އިންޓަރވިއު އޮންނާނީ 2021 ޖޫން 11 ވަނަ ދުވަހާއި 2021 ޖޫން 19ވަނަ ދުވަހާއި ދެމެދު މިއިދާރާއިން ކަނޑައަޅާ ދުވަހެއްގައެވެ. އިންޓަރވިއު ކުރުމުގެ އެއްދުވަސްކުރިން ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަން އެންގޭނެއެވެ.

                                        

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖޫން 2021
ހޯދާ