މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިންގ ތަމްރީނާއި ގުޅޭ

 ނަންބަރު: (IUL)202-A/1/2021/47  

އިއުލާން  

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިންގ ތަމްރިނުތަކެއް 01 ޖޫން 2021 އިން 03 ޖޫން އަށް އަދި 05 ޖޫން 2021 ވަނަ ދުވަހުގެ 08:00 އިން 17:00 އަށް ކ،ހުޅުމާލޭގެ އިރުމަތިން 07 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް ވަނީ އަންގަވާފައިއެވެ. ވީމާ މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާގޮތުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލު

1. ބޭނުންކުރާ ހަތިޔާރު /ޕައިރޯޓެކްނިކްސް: މެޝިން ގަން
2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 5000 މީޓަރ
3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ ލެވެލް
5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ކ.ހުޅުމާލޭގެ 07 މޭލު ބޭރުގައި

ވީމާ، މި ސަރަޙައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

އިޚްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.

18 ޝައްވާލު  1442 ހ.

30 މޭ      2021  މ



30 މޭ 2021
ހޯދާ