އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކ. ހިންމަފުށްޓާއި ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓާއި ދެމެދު އޮންނަ ފިނޮޅަށް ގެއްލުންދިނުމުގެ ސަބަބުން ޖޫރިމަނާކުރުން

ކ. ހިންމަފުށްޓާއި ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓާއި ދެމެދު އޮންނަ ފިނޮޅަށް ގެއްލުންދިނުމުގެ ސަބަބުން ޖޫރިމަނާކުރުން

21 ޖަނަވަރީ 2021 ގައި ކ. ހިންމަފުށްޓާއި ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓާއި ދެމެދު އޮންނަ ފިނޮޅަށް ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓުގެ މުވައްޒަފުންތަކެއް އަރައި، އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން މި އެޖެންސީއިން މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ބެލިބެލުމުން ވަނީ ޔަޤީންކުރެވިފައެވެ. މިގޮތުން، އެ ފިނޮޅުގެ ތިން ސަރަޙައްދަކުން ކޯރު ކަނޑާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މިހެންކަމުން، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު (ނަންބަރު:2011/R-9) ގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ ޢަދަދު ކަމަށްވާ 5,62,980.00 (ފަސްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ) ރުފިޔާ 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކެވުމަށް ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ އޮޕަރޭޓަރ، ޕްރޯމަސް ޕްރައިވެޓް ލިމިޓެޑަށް ވަނީ 27 މެއި 2021 ގައި އަންގާފައެވެ.

18 ޝައްވާލު 1442

30 މޭ 2021
ހޯދާ