މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މީޑިއާ އޮފިސަރ (ކޮންޓްރެކްޓް)

މީޑިއާ އޮފިސަރ

މަޤާމް:

01

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

1 އަހަރު

މުއްދަތު

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރޮންޓް އޮފީސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުސާރަ: މަހަކު  10000.00 ރުފިޔާ.

އިތުރު ގަޑި: އަސާސީ މުސާރައިގެ %70 އަށް ވުރެ އިތުރުނުވާ ގޮތަށް.

މުސާރަ އާއި އިނާޔަތް:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08.00 ން 16.00 އަށް.

(އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ)

މަސައްކަތު ގަޑި:

  1. އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ސިޓީ ކައުންސިލުން ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންޓެންޓްތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  2. މާލޭ ސިޓީ ކައުންސިލްގެ ސޯޝަލް މީޑިއަރ އެކައުންޓުތައް އޮޕަރޭޓްކުރުމަށް ބޭނުންވާ ގްރެފިކްސް ކޮންޓެންޓު ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  3. ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ ސައިޓަށް ލުމާއި ކައުންސިލްގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް ޚަބަރު ފެތުރުމަށް އެހީތެރިވެދިނުން.
  4. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބާއްވާ ތަފާތު ހަފްލާތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ޚަބަރާއި، ރިޕޯޓް އަދި ނޫސް ބަޔާންތައް ތައްޔާރުކުރުން.
  5. ޢާއްމު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ މަޖައްލާ އަދި ލީފްލެޓްފަދަ ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ އެއްމެހާ މަސައްކަތްތައް ކުރުން.
  6. މާލޭ ސިޓީ ކައުންސިލުންބާއްވާ ތަފާތު ބައްދަލުވުންތަކާއި ހަފްލާތަކުގެ ފޮޓު ނެގުމާއި އެފޮޓޯތައް ސޯޝަލްމީޑިގައި ހިއްސާކުރުމާއި، ފައިލްކޮށް ބެލެހެއްޓުން.
  7. މާލޭ ސިޓީ ކައުންސިލް އިދާރާގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކާއި ގުޅިގެން ޢާއްމުން ކުރާ ޝަކުވާތަކާއި ގުޅިގެން އެކަންކަމަށް އެޓެންޑް ކުރުމާއި، އެކަންކަމާއި ގުޅިގެން ޚަބަރާއި ރިޕޯރޓް  ތައްޔާރުކުރުމުގެ  މަސައްކަތް ކުރުން.
  8. މާލޭ ސިޓީ ކައުންސިލް އިދާރާގެ ތަފާތު ސެކްޝަން ތަކާއި އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަންނަ ސިޓީ މެމޯ ފަދަ ލިއެކިއުންތަކަށް ޖަވާބު ދިނުން.
  9. މާލޭ ސިޓީ ކައުންސިލުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
  10. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  11. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބްދާރީވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ގްރޭޑް 10 ގައި އުޅެފައިވުމާއިއެކު، މީޑިއާ /  ޕަބްލިކް ރިލޭޝަންސް (ޕީ.އާރ) ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 2. މަސައްކަތާގުޅޭ ދާއިރާއަކުން (ގްރެފިކްސް ޑިޒައިން، މަލްޓިމީޑިއާ، މީޑިއާ، ޕަބްލިކް ރިލޭޝަންސް) ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:  

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  • ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު :
  • ލިބިފައިވާ ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން:
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ : %20
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން: %60

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 03 ޖޫން 2021 ގެ  14:00 ގެ ކުރިން އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 3 ފަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލް އިދާރާގެ އޮފީހަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ. އިންޓަރވިއު އާއި ޕްރެޒެންޓޭޝަން  އޮންނާނީ 13 ޖޫން 2021 އާއި 30 ޖޫން 2021 އާ ދެމެދު މާލޭ ސިޓީ ކައުންސިލް އިދާރާ (މަށްޗަންގޮޅީ ބައި) ގައެވެ. މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ޕްރެޒެންޓޭޝަން ތައްޔާރުކުރައްވާނީ ތިރީގައި މިދަންނަވާ ބައިތައް އެކުލެވޭ ގޮތަށް ދިވެހި ބަހުންނެވެ. މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކަށް އިންޓަރވިއުއަށް އޮންނަ ތާރީޚާއި ގަޑި މި އިދާރާއިން އަންގާނެއެވެ.

  • ޕާރސަނަލް ޕްރޮފައިލް
  • މިހާތަނަށް ހިންގާފައިވާ ޕްރޮޖެޓްކްތައް/މަސައްކަތްތައް
  • ދާއިރާ ބިނާކުރާނެ ގޮތުގެ ތަޞައްވުރު
  • މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ތަރައްޤީކުރާނެގޮތުގެ ތަޞައްވުރު.

ޕްރެޒެންޓޭޝަން އާއި އިންޓަރވިއުކުރުން

 

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                     14 ޝައްވާލު 1442

27 މޭ 2021
ހޯދާ