މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާއި ގުޅިގެން، 26 މެއި 2021 އިން 9 ޖޫން 2021 ގެ ނިޔަލަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭ

އިޢުލާން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާއި ގުޅިގެން، 26 މެއި 2021 އިން 9 ޖޫން 2021 ގެ ނިޔަލަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭ

ވިޔަފާރި ރަޖިސްޓްރީ ކުރުމާބެހޭ ޚިދުމަތްތަކާ ގުޅޭ

މިމިނިސްޓްރީން ވިޔަފާރިތަކަށް ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތައް، 26 މެއި 2021 އިން 9 ޖޫން 2021 ގެ ނިޔަލަށް ދިނުމަށް ހަމަޖެހިފައިވަނީ މި މިއިޢުލާނާއެކު ޝާއިޢުކޮށްފައިވާ ޚިދުމަތްތަކާބެހޭ ޗާޓަރ އާ އެއްގޮތަށް ކަމުގައި ދަންނަވަމެވެ.

1-      މިމިނިސްޓްރީގެ އޮންލައިން ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދޭނީ business.egov.mv މި ލިންކް މެދުވެރިކޮށެވެ.

2-      މިއިޢުލާނާއި އެކު ޝާއިޢުކޮށްފައިވާ ޚިދުމަތުގެ ޗާރޓަރގައިވާ ޚިދުމަތްތައް ފިޔަވައި، ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ އެހެނިހެން ޚިދުމަތްތައް ދިނުން 14 ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައިވާތީ، ޚިދުމަތަކަށް އެދުނު ކަމުގައިވިޔަސް އެޚިދުމަތެއް ދިނުމަށް ހަމަޖެހިފައިވަނީ 14 ދުވަހުގެ މުއްދަތަށް ފަހުގައިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

މި އިޢުލާނާއި ގުޅިގެން ނުވަތަ، ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

އެމްޕްލޮއިމަންޓް ރަޖިސްޓްރޭޝަން ސެކްޝަނުން ދެމުން ގެންދާ ޚިދުމަތްތަކާ ގުޅޭ

ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން، 9 ޖޫން 2021 ގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅައިގެން ދެވޭ ޚިދުމަތްތައް ދިނުމުގައި މިހާރު ކަނޑައަޅައި އަމަލުކުރަމުންގެންދާ ޚިދުމަތް ފޯރުކޮށްދިނުމަށް ނަގާ މުއްދަތު ކުރިއަށްވުރެ އިތުރު ވާނެއެވެ. އަދި ހަމަ އެހެންމެ، މިމުއްދަތުގެ ތެރޭގައި މިމިނިސްޓްރީއިން ކުރިއަށް ގެންދާ ރެގިއުލަރައިޒޭޝަންގެ ޚިދުމަތާއި ފިޒިކަލް ވާރކް ޕާރމިޓް ކާޑު ދޫކުރުމުގެ ޚިދުމަތްތައް 9 ޖޫން 2021 ގެ ނިޔަލަށް މެދުކަނޑާލެވިފައިވާ ކަމުގައިވެސް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން ނުވަތަ، އެމްޕްލޮއިމަންޓް ރަޖިސްޓްރޭޝަން ސެކްޝަނުން ދެމުން ގެންދާ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

  ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

27 މޭ 2021
ހޯދާ