މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަރކް ޕަރމިޓާ ގުޅޭ

                                         އިޢުލާން

 

ވަރކް ޕަރމިޓާ ގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)101-ER/1/2021/38 (11 ފެބްރުވަރީ 2021) އާއި (IUL)101-ER/1/2021/49 (23 ފެބްރުވަރީ 2021) އަދި (IUL)101-ER/1/2021/57 (15 މާރިޗު 2021) އިޢުލާނަށް ޙަވާލާދީ ދަންނަވަމަވެ.

ޙަވާލާދީފައިވާ އިޢުލާން ތަކުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ގެއްލިފައި ނުވަތަ ފިލައިގެން ގޮސްފައިވާ ބިދޭސީންގެ މައުލޫމާތު ރިޕޯޓް ކުރުން ފިޔަވައި، ތިރީގައި ބަޔާންކުރާ ކަންތައްތައް ކުރުމަށް ވަޒީފާ ދޭ ފަރާތްތަކަށް، ހަވާލާ ދީފައިވާ މި މިނިސްޓްރީގެ އިއުލާންތަކުން ދެވިފައިވާ މުއްދަތު 2021 ސެޕްޓެމްބަރު މަހުގެ 1 ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާކަމުގައި ދެންނެވީމެވެ.

 1. ހަވާލާދީފައިވާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ނުވަތަ 2021 ސެޕްޓެމްބަރު 1 ކުރިން ވަޒީފާއިން ވަކިވެގެން ނުވަތަ ވަޒީފާއިން ވަކިކޮށް ގައުމަށް ފޮނުވާލާފައިވާ ބިދޭސީންގެ ތެރެއިން، އެ ފަރާތްތަކުގެ ވަރކް ޕަރމިޓް ނުވަތަ އެމްޕްލޯއިމެންޓް އެޕްރޫވަލް ކެންސަލްނުކޮށްވާ ފަރާތްތަކުގެ ވަރކް ޕަރމިޓް ނުވަތަ އެމްޕްލޯއިމެންޓް އެޕްރޫވަލް، އެ ފަރާތްތަށް ފުރި ދުވަހާ ހަމައަށް ފީ ދެއްކުމުން ކެންސަލްކުރުން.

 2. ހަވާލާދީފައިވާ ގަވާއިދުގައި ބަޔާންކުރާ ހުއްދަތަކާއި ގުޅިގެން ދައްކަންޖެހޭ ފީ ތަކާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ފީ ދެއްކުން.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

26 މޭ 2021
ހޯދާ