މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެސިޓީއިން މަހަށް ފުރާ އުޅަނދުފަހަރަށްް ހުއްދަ ދިނުމާ ގުޅޭ.

ކޯވިޑް-19 އާއި ގުޅިގެން 26 މެއި 2021 އިން ފެށިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (HPA )އިން ނެރުއްވާފައިވާ ޚާއްޞަ ޙާލަތާއިގުޅިގެން މާލޭސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމަށް 26 މެއި 2021 ވަނަ ދުވަހުގެ ހެދުނު 8:00 އިން ފެށިގެން މިކައުންސިލްގެ ވެބުސައިޓްގައި އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް ހުޅުވާލެވޭނެއެވެ.  

            ވީމާ،އެކަމަށް އެދިލައްވާ ފަރާތްތަކުން މިކައުންސިލްގެ ވެބުސައިޓް https://malecity.gov.mv ގައި ހުޅުވާލެވިފައިވާ ޕޯޓަލްގައި ހުއްދައަށް އެދި ހުށަހަޅުއްވަމުން ގެންދެވުމަށް  އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

25 މޭ 2021
ހޯދާ