މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންގެންދާ ސައިޓްތަކަށް ހުއްދަދިނުމާއި ގުޅޭ

އިޢުލާން

 މާލެސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންގެންދާ ސައިޓްތަކަށް ހުއްދަދިނުމާއި ގުޅޭ 

 

 

                          ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާއި ގުޅިގެން  މާލެސިޓީގައި ކޮންސްޓްރަކްޝަން އަދި އެހެނިހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން 26 މެއި 2021 ން ފެށިގެން 09 ޖޫން 2021 ގެ ނިޔަލަށް ވަނީ މެދުކަނޑާލަން ނިންމާފައެވެ.

                          ނަމަވެސް މި މުއްދަތު ތެރޭގައި، ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށްފަހު ގެއްލުމެއް ލިމިދާނެފަދަ ހާލަތެއްގައިވާ ސައިޓެއްނަމަ އެ ސައިޓްތަކަށް ޚާއްސަ ހުއްދައެއް ދޫކުރުމަށް ވަނީ ނިންމާފައެވެ.  

                          ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.

 

25 މޭ 2021
ހޯދާ