ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކ.ހުޅުމާލެއިން 02 (ދޭއް) ކޮޓަރީގެ 02 (ދޭއް) އެޕާޓްމަންޓް ކުއްޔަށްދޭނެ ފަރާތެއް ހޯދުން.

މިއީ ކ.ހުޅުމާލެއިން 02 (ދޭއް) ކޮޓަރީގެ 02 (ދޭއް) އެޕާޓްމަންޓް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާން ނަންބަރު: 60ADM/2021/48 

 (16.03.2021) އަށް އެކަށީގެންވާ ޕްރަޕޯސަލް ލިބިފައި ނުވުމުން، 2 ވަނަ ފަހަރަށް ކުރެވޭ އިޢުލާނެކެވެ.

ޝަރުތުތައް:

  • ފަރުނީޗަރާއި، ހިފާ ގެންގުޅޭ ތަކެތި ހިމެނޭހެން ކައްކާ ކެވޭ ގޮތަށް ހުރުން. 
  • ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެހިފައިވުން.
  • ކޮޓަރިތެރޭގައި ފާހަނާ ހުރުން.
  • ދިރިއުޅެން ކަމުދާނެފަދަ ސާފުތާހިރު ތަނެއް ކަމުގައިވުން.
  • ކުލި ދެފަރާތުން އެއްބަސްވާ އަގަކަށް އެއްބަސްވެވޭނެ ތަނެއް ކަމުގައިވުން.
  • 02 (ދޭއް) އަހަރު ދުވަހަށް ކުއްޔަށް ދޫކުރެވޭ ތަނެއް ކަމުގައިވުން.

މަޤްސަދު:

  • އެސްޓީއޯ ސްޓާފުންގެ އެކޮމޮޑޭޝަން ހަމަޖެއްސުން.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މެއި 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޯޓޭޝަން އަދި ތަނުގެ ފޮޓޯ [email protected] , [email protected]  އަށް ހުށަހެޅުއްވުމަށް އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މިކުންފުނީގެ ނަންބަރ: 3344615/992653 އަށް ގުޅުއްވުން އެދެމެވެ.

ހުށަހެޅިފައިވާ އަގުތަކާއި، ފޮޓޯތަކަށް ބެލުމަށް ފަހު އެސްޓީއޯއިން ހިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމެއް ހަދާ، އެ އެއްބަސްވުމަށް އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

25 މޭ 2021
ހޯދާ