އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އިން އޮންލައިންކޮށް ޚިދުމަތްދިނުމާ ގުޅޭ

އިޢުލާން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން،  ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-IQ/2021/118 (01 މެއި 2021) އެންގުމުން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި މިވަގުތު އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުން އާންމުންނަށް ދެމުންގެންދާ ބައެއް ޚިދުމަތައްތައް ދިނުމަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އެހެންނަމަވެސް، މިވަގުތު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުން އޮންލައިންކޮށް ރައްޔިތުންނަށް ދެވެން ހުރި ޚިދުމަތްތައް ފާހަނގަކޮށް، އެ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓުންނާއި ކައުންސިލްގެ ފޭސްބުކް ޕޭޖުން އޮންލައިންކޮށް މިއިދާރާއާއި އަވަށު އޮފީސްތަކުން ދެވޭނެ  ޚިދުމަތްތައް ފެނިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ކައުންސިލްގެ އިދާރާއިން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންގެންދާ ވާހަކަ ދެންނެވީމެވެ.

12  ޝައްވާލް 1442                                                      

24 މޭ 2021
ހޯދާ