މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
އެމްޓީޑީސީގެ ހިންގާ ގަވާއިދު އިޞްލާޙުކުރުމާ ގުޅޭ

އިޢުލާން

އެމްޓީޑީސީގެ ހިންގާ ގަވާއިދު އިޞްލާޙުކުރުމާ ގުޅޭ:

މި ކުންފުނީގެ ހިންގާ ގަވާއިދުގެ ފަސްވަނަ މާއްދާގެ ބައެއް ނުކުތާތަކަށް ގެންނަށް ހުށަހަޅާ ބައެއް ބަދަލުތަކުގެ ތަފުސީލު ހިމެނޭ "ހިންގާ ގަވާއިދަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތަފުސީލު"ގެ ޑްރާފްޓެއް މިކުންފުނީގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. ވީމާ، މިކުންފުނީގެ ހިންގާ ގަވާއިދަށް ގެނެއުމަށް ހުށަހަޅާ ބަދަލުތަކަށް ކޮމެންޓް ކުރެއްވުމަށް ނުވަތަ ޚިޔާލު ހުށަހެޅުއްވުމަށް ބޭނުންފުޅުވެލައްވާ މިކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް އެ ފުރުސަތު 11 ޖޫން 2014 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ވީމާ، 11 ޖޫން 2014 ވަނަ ދުވަހުގެ 3:00 ގެ ކުރިން  މި ކުންފުންޏަށް ސީޓީ ނުވަތަ އީމެއިލް ([email protected]) މެދުވެރިކުރައްވާ ހިއްސާދާރުންގެ ކޮންމެޓްތައް ނުވަތަ ޚިޔާލުފުޅުތައް ފޮނުއްވުމަށް ދެންނެވީމެވެ.

28 މޭ 2014
ހޯދާ