މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުގެ ޤަވާއިދާއި ޚިލާފަށް އަޅާފައި ހުންނަ އުޅަނދުފަހަރު ނެގުމާބެހޭ

އިޢުލާން

ފަޅުގެ ގަވާއިދާއި ޚިލާފަށް އަޅާފައި ހުންނަ އުޅަނދުފަހަރު ނެގުމާބެހޭ

މާލޭ ދެކުނުފަރާތު ފަޅުން އުޅަނދުފަހަރަށް ފަޅުހުއްދަ ދޫކުރާ ސަރަޙައްދު ޒޯން 27 ގައި އޮންނަ ރަޖިސްޓްރީ ނަންބަރު P5129A.04.01G (ރޯދިބޯޓް) އަކީ ފަޅުހުއްދަ ނުނަގާ ބަލަހައްޓާނެ ޒިންމާދާރު ފަރާތެއް ނެތި، ދަތުރުނުކޮށް ފަޅުގެ ޤަވާއިދާއި ޚިލާފަށް އަޅާފައި އޮންނަ އުޅަނދެކެވެ.

ވީމާ، މި އުޅަނދުގެ ވެރިފަރާތުން ބޭފުޅަކު، މާލޭސިޓީ ކައުންސިލްގެ އިދާރާގެ ހާބަރ މެނޭޖްމަންޓް ޔުނިޓަށް ދުރުވެ އުޅަނދާ ބެހޭ ކަންތައްތައް ނިންމެވުމަށްފަހު މަތީގައި ދެންނެވިފައިއެވާ އުޅަނދު މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނެންގެވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި އުޅަނދު ނުނަންގަވައިފިނަމަ، އެ އުޅަނދާމެދު  'މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާ ބެހޭ ގަވާއިދު' ގެ ދަށުން އެ އުޅަނދާމެދު ޢަމަލުކުރެވޭނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

29 މޭ 2014
ހޯދާ