މަޤާމް
|
ސީނިއަރ އެޑިޓަރ
|
އަސާސީ މުސާރަ
|
-/8,800 ރުފިޔާ
|
އެލަވަންސްތައް:
|
-/3,000 ރުފިޔާ
|
މަޤާމުގެ ރޭންކް
|
ޓީޕީ 2
|
ބޭނުންވާ ޢަދަދު:
|
02
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ނިވްސް އެންޑް ކަރަންޓް އެފެއާރޒް
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމާގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ދިވެހި ރައްޔިތުންނަށް ދުވަހުން ދުވަހަށް ފޯރުވައިދޭ ޚަބަރާއި މަޢުލޫމާތު އެންމެ ހަލުވިކޮށް އެންމެ އަވަސްމިނުގައި ގެނެސްދިނުމާއި އެގެނެސްދޭ ކޮންޓެންޓަކީ (ވީޑިއޯ/އޯޑިއޯ/ޓެކްސް އަދި އެހެނިހެން ވަސީލަތްތައް) އޯޑިއަންސް ހިތްހަމަޖެހޭފަދަ ކޮލިޓީއެއް ހުރި އެއްޗައްސަށް ހެދުމަށް ގަދައަޅާ މަސައްކަތްކުރުން.
- ރޭޑިއޯއާއި ޓީވީއާއި އޮންލައިން އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށްވެސް ޚަބަރާއި ރިޕޯޓްހަދާ ހުށަހެޅުމާއި،އޮންކެމެރާ ސްޓޭންޓަޕްސް ހެދުމާއި އިވެންޓްތައް ރޭޑިއޯ އަދި ޓީވީ އަށް ލައިވްކުރުން.
- އެޑިޓަރުންގެ މަސައްކަތުގައި އެހީތެރިވެދިނުމާއި ހަވާލުކުރެވޭ މަސައްކަތްތައ ޒިންމާދާރުކަމާއި އިޚްލާސްތެރިކަމާއެކު ކުރުން.
- ރޭޑިއޯ/ޓީވީ އޮންލައިނަށް ޚަބަރާއި،ރިޕޯރޓް އަދި ސްކްރިޕްޓްލިއުމާއި ، ކޮޕީއެޑިޓްކުރުން ނުވަތަ ރިރައިޓްކުރުން ވީޑިއޯ/އޯޑިއޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން
- ނިވްސްވރދީ އިވެންޓްތަކުގެ މައުލޫމާތު އެއްކޮށް ދިރާސާކުރުމާއި، ނިވްސް ފޯރަމަށް ޚަބަރު ޕްރޮސްޕެކްޓްސް ލުން.
- ސްކްރިޕްޓްތައް އެޑިޓްކޮށް ޕްރޫޕް ރީޑް ކުރުން.
- އިވެންޓްތައް ކަވަރ ކުރަން ރަށުގައި އަދި ރަށުން ބޭރުގައި ހަރަކާތްތެރިވުމާއި އެޑިޓޯރިއަލް ޕްލޭނިންގ އަދި ސްޓާފް މީޓިންގ ތަކުގައި ބައިވެރިވުން.
- ކަނޑައެޅޭ ކޮންމެ ޝިފްޓް ޑިއުޓީއަކަށްވެސް ނުކުމެ މަސައްކަތްކުރުން.
- ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ރޮނގުން އާޚިޔާލާއި އުފެއްދުންތައް ޕީ.އެސް.އެމްގެ ހުރިހާ މީޑިއާއަކަށް ގެނެސްދިނުން
- ކަރަންޓް އެފެއަރޒް ޕްރޮގްރާމްތައް އުފައްދާ ހުށަހަޅާދިނުން. ނުވަތަ މިކަންކަން ކުރުމަށް އެހީތެރިވެދިނުން.
- ނިވްސް ޑޮކިއުމެންޓްރީ އުފެއްދުން ނުވަތަ އުފެއްދުމަށް އެހީތެރިވުން.
- ރޭޑިއޯއާއި ޓީވީއިން ޚަބަރާއި ޕްރޮގްރާމް ޕްޒެންޓްކުރުން.
- ރޭޑިއޯ/ޓީވީ ޕްރޮގްރާމްތައ ޕްރޮޑިއުސްކުރުން ނުވަތަ އެހީތެރިވެދިނުން. ޕްރޮޑިއުސް ކުރުމުގައި ޕްރޮޑިއުސަރެއްގެ ރޯލާއި ޒިންމާ ފުރިހަމައަށް އަދާކުރުން.
- ކޮންސޯލް އޮޕަރޭޓްކުރުމާއި، ސްޓޫޑިއޯގައި ހަރަކާތްތެރިވުން ނުވަތަ އެހީތެރިވެދިނުން.
- ސީނިއަރ ސްޓާފެއްގެ ހައިސިއްޔަތުން، ޖޫނިއަރ ސްޓާފުންނަށް އިރުޝާދުދީ އެހީތެރިވެދިނުމުގައި ހަރަކާތްތެރިވުން.
- އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން.
- މަސައްކަތުގެ މާޙައުލުގައި ނިވްރޫމްގައި ކަނޑައެޅިފައިހުންނަ ޕްރޮސީޖާތަކާއި އެއްގޮތަށް އަމަލުކުރުން.
- މީގެ އިތުރުން އިސްވެ ދެންނެވުނު ކަންތައްތަކުގެ ތެރޭގައި ނުހިމެނުނު ނަމަވެސް ދިމާވާ ހާލަތްތަކާއި ގުޅިގެން ނުވަތަ ޚާއްސަ ހާލަތްތަކާ ގުޅިގެން ނިވްސް ޑައިރެކްޓަރ އަންގަވާ އެހެނިހެން ކަންތައްތައް ކުރުން.
- މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.
|
އިތުރު އެލަނަސްތައް
|
- އެޓެންޑެންސް އެލަވަންސް : ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ 20% އެލަވަންސް ދެވޭނެއެވެ.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 މެއި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364 އާއި ގުޅުއްވުން އެދެމެވެ.
|