ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާން ކުއްވެރިކުރުން

a

&

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ

     ފ. ފީއަލީ،

     ދިވެހިރާއްޖެ.   

                                        ނަންބަރު: (PR)370-ESMS SC/370/2021/1

              

ނޫސް ބަޔާން

 

އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާން ކުއްވެރިކުރުން

 

      ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް މި ކައުންސިލްގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

      ފ.ފީއަލީގެ ލޮބުވެތި ރައްޔިތުންނަކީ ފަލަސްޠީނުގެ ހައްޤުގައި އަބަދުވެސް ވަކާލާތުކުރާ ބައެއްކަން މިފުރުޞަތުގައި ފާހަގަކުރާ ޙާލު، ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ނަޞްރުދެއްވުމަށާއި އަލްމަސްޖިދުލް އަޤްޞާގެ މިނިވަންކަމަށް އެދި ދުޢާކުރުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

       މުސްލިމުންގެ ފުރަތަމަ ޤިބުލަ، އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ބިންތައް އަނިޔާވެރި އިޒްރޭލުގެ ކިބައިން ސަލާމަތް ކުރައްވައި ފަލަސްޠީނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ނަޞްރު ދެއްވާށި! އާމީން!

07 ސައްވާލް 1442

19 މޭ 2021

 

 

         މުޙައްމަދު ޖަލީލު                                    އާމިނަތު ރާނިޔާ

      ( ކައުންސިލް މެމްބަރ )                               ( ކައުންސިލް މެމްބަރ )

19 މޭ 2021
ހޯދާ