ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ އައި.ޓީ ނެޓްވޯރކް އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

 މާލެ' ދިވެހިރާއްޖެ                                                                                         

އިޢުލާން ނަންބަރ: H/IUL/2021/70

 

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު 

މި ކުންފުނީގެ އައި.ޓީ ނެޓްވޯރކް އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2021 މޭ 18 ވާ (އަންގާރަ) ދުވަހުން ފެށިގެން 2021 މޭ 20 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އާއި ހަމައަށް ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ނަން ނޯޓް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކުންފުނީގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ ނަން ނޯޓް ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމަވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2021/70

ބިޑް ހުޅުވުން:

 ބިޑް ހުޅުވުމަށް ހަމަޖެހިފައިވާ ތާރީހާއި ގަޑި ނަން ނޯޓު ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އަންގައިދެވޭނެއެވެ.  

05 ޝައްވާލް 1442 

17 މޭ 2021 

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338160 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
 

 

17 މޭ 2021
ހޯދާ