މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ކޮވިޑް-19 އަށް ފައްސިވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ބަލިމީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ ފަރާތްތަކަށް އޮންލައިން ކޮންސަލްޓޭޝަން ހަދައި، އެފަރާތްތަކަށް ފަރުވާދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މެޑިކަލް އޮފިސަރުން ބޭނުންވެއެވެ.

މަޤާމު

މެޑިކަލް އޮފިސަރ

މަޤާމުގެ ގިންތި

ވަގުތީ

ބޭނުންވާ އަދަދު

10 (ދިހައެއް)

މަޤާމް އޮތް އޮފީސް

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ

މުސާރަ

ގަޑި އިރަކަށް 88.50 ރ

މަސައްކަތު ވަގުތު

ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން

މަޤާމުގެ ޝަރުތު

މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ފަރާތްތަކަށް އޮންލައިން ކޮންސަލްޓޭޝަން ހެދުން އަދި ބޭސް ސިޓީ ލިޔެދިނުން.
  2. ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ފަރާތްތަކުގެ އޮންލައިން ކޮންސަލްޓޭޝަން ހެދުމަށްފަހު ރެކޯޑްސް ބެލެހެއްޓުން.
  3. ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ބަލިމީހުންގެގާތައް ޒިޔާރަތްކުރަންޖެހޭ ހާލަތްތަކުގައި ބަލިމީހާއަށް ޒިޔާރަތްކޮށް ފަރުވާދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
  4. ކޮވިޑް 19 އާއި ގުޅިގެން ކަރަންޓީން ކޮއްފައިވާ ފަރާތްތަކުގެ ތެރެއިން ދާނުގައި ތިބޭ ބަލިމީހުންގެ ގާތަށް ޒިޔާރަތްކޮށް އެފަރާތްތަކަށް ފަރުވާދިނުން.
  5. ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ތެރެއިން ބަލިން ފަސޭހަވާ ފަރާތްތަކުގެ ރިކަވަރީ އެސެސްމަންޓް ހެދުން.
  6. ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ފަރާތްތަކުގެ ތެރެއިން ފެސލިޓީތަކަށް ޓްރާންސްފަރ ކުރަންޖެހޭ ބަލިމީހުން ޓްރާންސްފަރ ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް (
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެގޭފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސެންސް.
  3. ލިބިފައިވާ ތަޢުލީމީ ސެތްފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރުމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމުގެ ކޮޕީއާއި ޓްރާސްކްރިޕްޓްގެ ކޮޕީ.

  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

  5. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 20 މޭ 2021ވަނަ ދުވަހުގެ 12:30 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރާނީ [email protected]   އަށެވެ.

 

15 މޭ 2021
ހޯދާ