އަރިއަތޮޅު އުތުރުބުރީ މާޅޮހު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

        އއ.މާޅޮސް ސިއްޙީ މަރުކަޒުން ލެބޯޓަރީ ޓެސްޓުތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އއ މަތިވެރި ޞިއްހީމަރުކަޒަށް ގެންދިއުމާއި އަނބުރާ ގެނައުމުގެ ޚިދުމަތް 1 އަހަރު ދުވަހަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަސައްކަތުގެ ތަފްސީލު

      އއ މާޅޮސް ސިއްޙީ މަރުކަޒުން އއ މަތިވެރީ ސިއްޙީމަރުކަޒަށް ލެބޯޓަރީ ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުމުގެ ޚިދުމަތް 1 އަހަރު ދުވަހަށް ކުރުން.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  18 މެއި 2021 ވާ އަންގާރަ ދުވަހު 11:30 އަށް އއ މާޅޮހު ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 މެއި 2021 ވާ އަންގާރަ ދުވަހުގެ 11:30 އަށް އއ މާޅޮހު ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

14 މޭ 2021
ހޯދާ