މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގްރޭޓަރ މާލޭގެ ގޯތި ގެދޮރުގެ ވެރިންނާއި ކޮންސްޓްރަކްޝަން ސައިޓުތައް ބަލަހައްޓާ ފަރާތްތަކުގެ ސަމާލުކަމަށް

އިޢުލާން

ގްރޭޓަރ މާލޭގެ ގޯތި ގެދޮރުގެ ވެރިންނާއި ކޮންސްޓްރަކްޝަން ސައިޓުތައް ބަލަހައްޓާ ފަރާތްތަކުގެ ސަމާލުކަމަށް    

 

             ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން، ގްރޭޓާރ މާލެ ހިމެނޭގޮތަށް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކޮށް އާންމު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވާތީ، އާއި މި ދުވަސްވަރު ގްރޭޓަރ މާލޭއަށްވެސް ވައިގަދަވެ ވިއްސާރަވަމުންދާތީ، ރައްޔިތުންނަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ގްރޭޓަރ މާލޭ ސަރަޙައްދުގެ ކޮންސްޓްރަކްޝަން ސައިޓްތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭފަދަގޮތަކަށް ގަސްމުއްޓާއި މިބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ޖ) ދަށުން، ހަދާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމަށް ގްރޭޓަރ މާލޭގެ ގޭގެ ވެރިންނަށާއި ގްރޭޓަރ މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރަމުންދާ ކޮންސްޓްރަކްޝަން ކޮމްޕެނީތަކުގެ ވެރިންނަށް އިލްތިމާސް ކުރަމެވެ. އަދި މަތިން އެއްޗެހި ވެއްޓޭފަދަގޮތަކަށް ބެހެއްޓިފައި ހުރި ކޮންސްޓްރަކްޝަން ސައިޓްފަދަ ތަންތަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށް ދެންނެވީމެވެ. އަދި ހަމަމިއާއިއެކު މާލެ، އަދި ވިލިމާލެއަށް ކުރިއަށް އޮތްދުވަސްތަކުގައި އުދައަރާނެކަމަށް ލަފާކުރެވިފައިވާތީ، އެސަރަހައްދުތަކުގެ ގެތަކުގެއާއި ބައެއް އެހެން ފަރާތްތަކުގެ މުދާފަދަ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށް އިލްތިމާސްކުރަމެވެ.

             ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.

15 މޭ 2021
ހޯދާ