އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ފެންފުށީ ކައުންސިލްގެ ، ކައުންސިލަރުންގެ ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންގެ އިޤްރާރުވުމުގެ ދަރުބާރާ ބެހޭ

                        އދ. ފެންފުށީ ކައުންސިލްގެ 04 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާ ކުރުމާއި، އދ. ފެންފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުގައިސޮއިކުރުމުގެ ދަރުބާރު 17 މެއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އދ. ފެންފުށީ ކައުންސިލްގެ މީޓިންގް ރޫމް ގައި އޮންނާނެއެވެ.

ކޮވިޑް -19 ގެ މިހާލަތާއި ގުޅިގެން ހުވާކުރުމުގެ ދަރުބާރު ލައިވްކޮށް ފެންފުށީގެ އެންމެހާ ރައްޔިތުންނަށް

ފެންނާނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ފޭސްބުކް ޕޭޖް އިން ދަރުބާރު ލައިވް ކުރެވޭނެއެވެ.

                        ކޮވިޑް -19 ގެ މިހާލަތުގައި ދަރުބާރުގައި  ބައިވެރިވެލެއްވޭނީ އިންތިޚާބީ ކައުންސިލަރުންނާއި،އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބީ މެމްބަރުންނާއި ،ހިނގަމުންދާ  ދައުރުގެ ކައުންސިލާއި ، މިކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ނަށެވެ.

                        ކައުންސިލްގެ ފޭސްބުކް ޕޭޖުގެ ލިންކް ތިރީގައި އެވަނީއެވެ.

                        web.facebook.com/adh.fenfushi  

                        ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢްލާން ކުރީމެވެ. 

            03 ޝައްވާލް 1442

                        15 މެއި   2021

15 މޭ 2021
ހޯދާ