ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް އިންތިޚާބުކުރެވިފައިވާ ކުޑަހުވަދޫ ކައުންސިލްގެ މެންބަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ އިޤްރާރުވުމުގެ ރަސްމިޔާތާ ގުޅޭ

10 އޭޕްރީލް 2021 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، އިންތިޚާބުވެވަޑައިގެންނެވި ދ.ކުޑަހުވަދޫ ކައުންސިލްގެ މެންބަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ އިޤްރާރުވުމުގެ ދަރުބާރު 17 މެއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގގެ ލައިބްރަރީގައި ބޭވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19 ގެ މި ޙާލަތާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނެރެފައިވާ ހުވާކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއިބެހޭ ގައިޑްލައިންގައިވާގޮތަށް ހުވާކުރުމުގެ ދަރުބާރު ލައިވްކޮށް ކުޑަހުވަދޫގެ އެންމެހާ ރައްޔިތުންނަށް ފެންނާނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ފޭސްބުކް ޕޭޖް އިން https://www.facebook.com/dhaal.kudahuvadhoo.council ދަރުބާރު ލައިވް ކުރެވޭނެއެވެ.

13 މޭ 2021
ހޯދާ