ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
2021 މޭ 22 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިގިނލި، ތިލަފުށި، އަދި ގުޅީފަޅު)ގެ ސިވިލް ސަރވިސްގެ އިދާރާތަކުން ޚިދުމަތް ދިނުމާ ގުޅޭ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރު 2021/38 (ދައުލަތުގެ އޮފީސްތަކާއި، އަމިއްލަ އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތްކުރުން މަޑުޖައްސައިލުމަށް އެންގުން) އާ ގުޅިގެން 13 މޭ 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރައްވާފައިވާ ނަންބަރު 2021/10 (މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވި މުއްދަތު 2021 މޭ 22 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެއްވުން) ދެންނެވުމާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ. އަދި މި ދެންނެވުމާ އެއްގޮތަށް ޢަމަލުކުރެއްވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާ އެންގުންތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

13 މޭ 2021
ހޯދާ