މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހއ.ކެލާ، ށ.ކަނޑިތީމު އަދި ށ.ގޮއިދޫ ގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސިއްހީ މަރުކަޒުތައް ޑިޒައިންކޮށް ކުރެހުންތަކާއި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 ހއ.ކެލާ، ށ.ކަނޑިތީމު އަދި ށ.ގޮއިދޫ ގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސިއްހީ މަރުކަޒުތައް ޑިޒައިންކޮށް ކުރެހުންތަކާއި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 12 މޭ 2021 ވާ ބުދަ ދުވަހުން ފެށިގެން 23 މޭ 2021 ވާ އާދިއްތަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected]އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 މޭ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގައި މި މިނިސްޓްރީ  (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 މޭ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

30 ރަމަޟާން  1442

12 މޭ 2021
ހޯދާ