މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
12 މެއި 2021 އިން 18 މެއި 2021ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި

އިޢުލާން

 

12 މެއި 2021 އިން 18 މެއި 2021ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި

 

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 12 މެއި 2021 އިން ފެށިގެން 18 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން ޢަމަލުކުރަންވީ ގޮތް ތިރީގައި ބަޔާންކުރެވިފައިއެވަނީއެވެ.

1-  12 މެއި 2021 އިން ފެށިގެން 18 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 5:00 އިން ހަވީރު 4:00 އާ ދެމެދު އެވެ.

2-  12 މެއި 2021 އިން ފެށިގެން 18 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން، ހަވީރު 4:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ.

މުދާ ވިއްކާ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

12 މޭ 2021
ހޯދާ