ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮފިހާރަ ކުއްޔަށް ހިފާފައިވާ ފަރާތަށް ނޯޓިސް ދިނުމާއި ގުޅޭ

     ހއ. އިހަވަންދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ފެރީޓާރމިނަލް އަޅާ ސަރަހައްދާ އެއްއިންވެގެން ރައްޔިތުންގެ ތެޔޮފިހާރަ ހުރުމުން، ބަނދަރުމަތީގެ އެއްގަމު ދަތުރުފަތުރަށް ދަތިވެގެންދާނެތީ، ހއ. އިހަވަންދޫ ރައްޔިތުންގެ ތެޔޮފިހާރަ ކުއްޔަށް ހިފައިވާ ފަރާތުން ވަކިކުރުމަށް 09 މާރިޗު 2021 ވަނަ ދުވަހު ބޭއްވުނު އިހަވަންދޫ ކައުންސިލުގެ 3 ވަނަ ދައުރުގެ 137 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.

    ވީމާ، ހއ. އިހަވަންދޫ ރައްޔިތުންގެ ތެޔޮފިހާރަ، މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން ވަކިކުރުމަށް އެގްރީމެންޓުގައި ބުނާ ނޯޓިސް ދިންކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 މޭ 2021
ހޯދާ