އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ކައުންސިލްގެ، 4 ވަނަ ސިޓީ ކައުންސިލަށް ހޮވި ވަޑައިގެންނެވި އިންތިޚާބީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތާއި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާ ދުވަސް ޢާއްމުކޮށް އިޢުލާން ކުރުން

އިޢުލާން

 

 

10 އެޕްރީލް 2021 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ސިޓީ ކައުންސިލަށް ހޮވި ވަޑައިގެންނެވި އިންތިޚާބީ ކައުންސިލަރުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތާއިއައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުއޮންނާނީ 17 މޭއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ހައި ސްކޫލްގައެވެ.

އަދި ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، 17 މެއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި އައްޑޫސިޓީ ކައުންސިލް ޗެމްބަރގައި  4 ވަނަ ސިޓީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާ ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރެވިގެންދާނެއެވެ.

މިދުވަސްވަރަކީ ރާއްޖޭގައި ކޮވިޑް ހަލުވިކަމާއި އެކު ފެތުރެމުންދާ ދުވަސްވަރަކަށްވެފައި އަދި އައްޑޫސިޓީ މިނޮޓަރިންގެ ހާލަތުގައި އޮތުމާއި ގުޅިގެން މިރަސްމިއްޔާތު އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް ކައުންސިލްގެ ފޭސްބުކް ޕޭޖުން މި ރަސްމިއްޔާތު ލައިވްކުރުމަށް ހަމަޖެހިފައިވާތީ މިވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

29   ރަމަޟާން  1442

11 މޭ 2021
ހޯދާ