މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ފެރީ ނިޒާމުގައި ގްރޭޓަރ މާލެ ސަރަހައްދުގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް:

އެމްޓީސީސީގެ ފެރީ ނިޒާމުގައި ގްރޭޓަރ މާލެ ސަރަހައްދުގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް  ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ MTCC-PD/IU/2021/0089 (10 ފެބްރުއަރީ 2021) އަށް އިތުރަށް ފެރީ ބޭނުންވެއެވެ. ވީމާ މި ކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅުމަށް ފުރުސަތު އަލުން ހުޅުވާލަމެވެ.

ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލު

ތާރީޚާއި ވަގުތު

އީމެއިލް އެޑްރެސް

ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުން (އީމެއިލް މެދުވެރިކޮށް)

12 މެއި 2021 އިން ފެށިގެން 18 މެއި 2021 ގެ 12:00 ގެ ނިޔަލަށް

[email protected]

 މައުލޫމާތު ކަރުދާސް ހަވާލުކުރުން (އީމެއިލް މެދުވެރިކޮށް)

18 މެއި 2021

[email protected]

ބީލަމާއި ގުޅޭ ސުވާލުތަކަށް ޖަވާބު އެރުވުން (އީމެއިލް މެދުވެރިކޮށް)

19 މެއި 2021 އިން ފެށިގެން 20 މެއި 2021 ގެ 12:00 އަށް

[email protected]

އަންދާސީ ހިސާބު ހުށަހެޅުން    

26 މެއި 2021 ގެ 11:00-10:00 އަށް

ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ޑިވިޜަނަށް

 

ބީލަމުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ޑިވިޜަނަށް ޚާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

12 މޭ 2021
ހޯދާ