ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޓެރަރިޒަމްގެ ކުށްތަކާއި، އެފަދަ ކުށްތަކަށް ހިއްވަރުދޭ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިދާރީ ފިޔަވަޅު އެޅުމާ ގުޅޭ

ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނޫ) ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ކުރުމާއި، ނުވަތަ ކުރަން އުޅުމާއި، ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމާއި، އެއްވެސް ސިފައެއްގައި އެފަދަ ޢަމަލެއްގައި ބައިވެރިވުން ނުވަތަ ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުންވިޔަސް އެފަދަ ކަމަކަށް ހިއްވަރުދިނުން ފަދަ އެ ޤާނޫނުގައި ބަޔާންކުރާ އެއްވެސް ޢަމަލެއް ސިވިލް ސަރވިސްގެ މުވައްޒަފަކު ކުރުމަކީ އިދާރީ ފިޔަވަޅު އެޅޭނެކަމެއްކަމުގައި ދެންނެވީމެވެ.    

އެ ގޮތުން، އެކިއެކި މީޑިއާގެ ވަޞީލަތްތަކާއި އެނޫންވެސް ވަޞީލަތްތައް މުވައްޒަފުން ބޭނުންކުރުމުގަ އާއި މުޖުތަމަޢުގައި އުޅޭ އުޅުމުގައި، އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލުތަކަށް ހިއްވަރުދިނުމާއި، ޓެރަރިޒަމްގެ ޢަމަލުތަކަށް ހިއްވަރު ދިނުމުގެ ގޮތުން ބޭނުންކުރެވޭ ފަދަ ބަސްތައް ބޭނުންކުރުމާއި، އެފަދަ ފޮޓޯ އަދި ވީޑިއޯތައް އާންމުކުރުމާއި، ޓެރަރިސްޓް ޖަމާޢަތްތަކަށް ތާއީދުކުރާކަން ދޭހަވާ ފަދަ އެއްވެސް އަމަލެއް ސިވިލް ސަރވިސްގެ މުވައްޒަފުން ނުކުރުމަށް އިލްތިމާސްކުރަމެވެ.

މި ސަރކިއުލަރއާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުން ޢަމަލުކުރުމަށާއި، އަދި މި ސަރކިއުލަރއާ ޚިލާފުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާ މެދު ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މައްސަލަ ބަލައި އިދާރީ ފިޔަވަޅު އެޅޭނެކަމުގައި ދެންނެވީމެވެ.

11 މޭ 2021
ހޯދާ