މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ކާރު ސިޓީލާ ނީލަމުގައި ވިއްކާލުން

މިކައުންސިލްގެ ރަޖިސްޓްރީ ނަންބަރު B1A1882  ކާރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭއަގަކީ 15000:00ރ (ފަނަރަހާސް ރުފިޔާ)އެވެ. ހުށަހަޅާ އަގަށް އިތުރު ކުރެވޭ އެންމެ ކުޑައަގަކީ 500.00ރ (ފަސްސަތޭކަރުފިޔާ)އެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:00 ގެ ކުރިން ކާރު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓް  meem.gov.mv އިން ލިބޭނެއެވެ. 

ކޮންމެ ދުވަހަކު 12:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 13:00ގައި މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމުން ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނޭއެވެ.

ކާރާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަންބަރު 6720600 އާއި ގުޅުއްވުން އެދެމެވެ.

ނީލަމުން ނަންގަވާ ވެހިކަލް ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރެވޭނެއެވެ.

ކާރާބެހޭ އިތުރު މަޢުލޫމާތު

ރަޖިސްޓްރީ ނަންބަރު:  B1A1882

ރަޖިސްޓްރީ ކުރި ތާރީޚް: 20.04.1999

ހަކަތައިގެ ބާވަތް: ފެޓްރޯލް

ޖާގައިގެ ޢަދަދު: 04

09 މޭ 2021
ހޯދާ