މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
06 މެއި 2021 އިން 12 މެއި 2021ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި

އިޢުލާން

 

06 މެއި 2021 އިން 12 މެއި 2021ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި

 

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން ޢަމަލުކުރަންވީ ގޮތް ތިރީގައި ބަޔާންކުރެވިފައިއެވަނީއެވެ.

1-  06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ހެނދުނު 8:00 އިން ރޭގަނޑު 9:00 އާ ދެމެދު އެވެ.

2-  06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން، ރޭގަނޑު 9:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ.

މުދާ ވިއްކާ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

06 މޭ 2021
ހޯދާ