މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
06 މެއި 2021 އިން 12 މެއި 2021 ގެ ނިޔަލަށް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި

އިޢުލާން

 

06 މެއި 2021 އިން 12 މެއި 2021 ގެ ނިޔަލަށް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި

 

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް  ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންވީ ގޮތް ތިރީގައި ބަޔާންކުރެވިފައިއެވަނީއެވެ.

1-   06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް އާންމުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހަވީރު 5:30 އިން ރޭގަނޑު 9:00 އާ ދެމެދު އެވެ.

2-   06 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ ނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ރޭގަނޑު 9:00 އިން މެންދަމު 3:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ.

ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރައްވަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

06 މޭ 2021
ހޯދާ